ދިވެހިރާއްޖެ
މިރަށު މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީނެގުމުން އަދި ސަލާމްބުނުމުން ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމާދެމެދު ނަގާ މުއްދަތުގައި ވަގުތީގޮތުން މަސައްކަތްކުރާނެ މުވައްޒަފުން ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން ނެގުމަށް ބޭނުންވެއެވެ.
މިގޮތުން ނެގޭ މުވައްޒަފުންނަށް ތިރީގައި ދަންނަވާފައިއެވާގޮތުގެމަތިން އުޖޫރަ ދެވޭނެއެވެ.
# |
މަޤާމް |
ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
މަސައްކަތްކުރާ ގަޑިއަކަށް |
ކޮންމެ ނަމާދު ވަގުތަކަށް |
1 |
އިމާމް |
|
|
39.77 |
2 |
މުދިމް |
|
|
33.77 |
3 |
މަސައްކަތު |
ކޮންމެ ނަމާދަކަށް 30 މިނިޓް ހިމެނޭގޮތަށް ދުވާލަކު 6 ގަޑިއިރު |
22.78 |
|
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބްރުއަރީ 2017 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަނަވަރު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ ނަންބަރު 6520047 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ޖުމާދަލްއޫލާ 1438
05 ފެބްރުއަރީ 2017