ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ޤަބުރުސްތާނުތައް ސާފުކުރުން

ތާރީޚް: 02 ފެބުރުވަރީ 2017

ނަންބަރު: IUL)327-B/327/2017/18) 

ނައިފަރު ޤަބުރުސްތާނުތައް ސާފުކުރުން

            ނައިފަރު ޤަބުރުސްތާނުތަކުގައިވާ ވިނަތައް ނޮޅައި ޤަބުރުސްތާނު ތެރެއަށް އެޅިފައިވާ ކުނިތައް ނަގާ ސާފުކޮށްދޭނެ އަގު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ޤަބުރުސްތާނު ސާފުކުރުމަށްފަހު ނެގޭތަކެތި އުކާލުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިއްމާއެކެވެ. 

ވީމާ މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން އަގުހުށަހަޅާ ފޯމް ނައިފަރު ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުން

2017 ފެބުރުވަރީ 09 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ނައިފަރު ކައުންސިލް އިދާރާގައި   

އަގު ހުށަހަޅާނީ ނައިފަރު ކައުންސިލް އިދާރާއިން ތައްޔާރު ކޮށްފައިވާ އަގުހުށަހަޅާ އޮރިޖިނަލް ފޯމްގައެވެ.

2017 ފެބުރުވަރީ 05 (އާދިއްތަ) ދުވަހުން ފެށިގެން 2017 ފެބުރުވަރީ 09 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ނިޔަލަށް ނައިފަރު ކައުންސިލް އިދާރާގެ ކައުންޓަރުން އަގު ހުށަހަޅާ ފޯމް ލިބޭނެއެވެ.

02 ފެބުރުވަރީ 2017
ހޯދާ