ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު މަސްމާރުކޭޓްގެ މެއިންޓަނަންސް މަސައްކަތާއި ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ

ތާރީޚް: 01 ފެބްރުއަރީ 2017

ނަންބަރު: IUL)327-B/327/2017/15)

ނައިފަރު މަސްމާރުކޭޓްގެ މެއިންޓަނަންސް މަސައްކަތާއި ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ

ނައިފަރު މަސްމާރުކޭޓްގެ މެއިންޓަނަންސް މަސައްކަތާއި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން 2017 ޖަނަވަރީ 26 ގައި ކޮށްފައިވާ ނަންބަރ IUL)327-B/327/2017/13)އިޢްލާނާގުޅިގެން ތައްޔާރުކޮށްފައިވާ މަޢްލޫމާތުތަކުގައި ބައެއް މައްސަލަ އުޅޭތީ މި އިޢްލާނު ބާޠިލް ކޮށްފީމެވެ.

      ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކުގައި ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑު ބައްލަވައިގަތުމަށްފަހު ބިޑް  ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 2017 ފެބްރުވަރީ 2 ން 2017 ފެބުރުވަރީ 5 އަށް ކޮންމެދުވަހަކު 9:15 ން 12:15 އާ ދެމެދު ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމަންޓްސް ލިބިވަޑައިގަންނަވާނެއެވެ. ބިޑް ފޯމެއްގެ އަގަކީ -/30 ރުފިޔާ (ތިރީސްރުފިޔާ) އެވެ. މިމަސައްކަތަށް ކުރިން ބިޑް ގަނެފައިވާ ފަރާތްތަކުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2017 ފެބުރުވަރީ 5 ވާ ( އާދީއްތަ ) ދުވަހުގެ 10:00 ގައި ނައިފަރު ކައުންސިލް އިދާރާގައި،

އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ

ބިޑު ހުށަހެޅުން އޮންނާނީ  2017 ފެބުރުވަރީ 8 ވާ ބުދަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހެޅޭނީ ބިޑް ބައްލަވައިގެންފައިވާ ފަރާތުގެ ނަމުގައެވެ.

01 ފެބުރުވަރީ 2017
ހޯދާ