ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
|
މި މިނިސްޓްރީގެ ނަންބަރު: IUL)23-ES/1/2016/147 ޑިސެންބަރު 2016) އިޢުލާނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ޕަބްލިކް ހެލެތް ޕްރޮގްރާމް އެސިސްޓެންޓްގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވިފައިވާ އިޢުލާން ބާޠިލްކޮށް އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. |
||
|
މަޤާމު |
ޕަބްލިކް ހެލްތް ޕްރޮގްރާމް އެސިސްޓެންޓް |
|
|
ބޭނުންވާ އަދަދު |
01 (އެކެއް) |
ރޭންކް:GS3 |
|
މަޤާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
|
|
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް |
މުސާރައިގެ 35% |
|
|
ޑިވިޝަން / ސެކްޝަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ / ޕަބްލިކް ހެލްތް އިންސްޕެކްޓޮރޭޓް |
|
|
ތަޢުލީމާއި ތަޖުރިބާ
|
ނުވަތަ
|
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ކާބޯތަކެތި ހަދާ ވިއްކާތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގައި މި އޭޖެންސީއިން ހަދާފައިވާ ޕްރޮސީޖަރުތަކަށް ޢަމަލުކުރުން. 2. ކާބޯތަކެތި ހަދާ ވިއްކާތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ފުޑްސޭފްޓީ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށްހުރިތޯ ބެލުމަށް އިންސްޕެކްޓް ކުރުމަށްފަހު ހުއްދަ ދޫކުރުމާއި، ފުޑްސޭފްޓީ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް އެތަންތަން ނެތްނަމަ ޤަވާއިދާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 3. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ކަނޑައެޅިފައިވާ އުސޫލުން ބެލުމަށްފަހު ލެބޯރެޓަރީ ޓެސްޓްކުރުމަށްޓަކައި ސާމްޕަލް ނަގަންޖެހިއްޖެ ޙާލަތެއްގައި ސާމްޕަލްނަގާ އެމް.އެފް.ޑީ.އޭ. ގެ ލެބޯރެޓަރީއާއި ޙަވާލުކުރުން، އަދި ރިޕޯޓް ލިބުމުން އަންގަންޖެހޭ ފަރާތްތަކަށް އަންގާ ޑޮކިއުމަންޓް ކުރުން. 4. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޤާނޫނުގެ ދަށުން ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރެވޭތޯ ބެލުމަށް އިންސްޕްކްޓްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 5.ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އަލަށް ރަޖިސްޓްރީކުރުމަށާއި ލޭއައުޓް ބަދަލުވެގެން ހުށަހަޅާ ލިޔުންތައް ހަމަތޯ ބަލާ ޗެކްކުރުމާއި ލޭއައުޓް ޑިސްކަޝަންއަށް ގަޑި ކިޔާ މިތަންތަނުގެ ލިސްޓް ހަދާ ބެލެހެއްޓުން. 6. އޮފީހުގެ މަސައްކަތާއި ގުޅުންހުރި ލިޔެކިއުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓިން. 7.އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރިން. |
|
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
|
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ. |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
|
|
|
ސުންގަޑި |
9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން. |
|
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2017 ވަނަ އަހަރުގެ ފެބްރުވަރީ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014326 ނަންބަރު ފޯނަށެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
|
