ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2017/8)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
2017 ވަނަ އަހަރުގެ މާރިޗު މަހުގެ 08 ން 12ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ފެއަރގެ "މޯލްޑިވިއަން ނައިޓް"ގައި ލައިވް މިޔުޒިކު ކުޅެދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވިމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 02ވާ ބުރާސްފަތި ދުވަހުގެ 11:00ށް ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 ފެބުރުވަރީ 09ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
02 ޖުމާދަލްއޫލާ 1438
30 ޖަނަވަރީ 2017