މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވާސަލާތީ ޚިދުމަތް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

ނަމްބަރ: (IUL)333/333/2017/4

އިޢުލާން

  މުވާސަލާތީ ޚިދުމަތް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން

 މުވާސަލާތީ ޚިދުމަތް  ތަރައްޤީކުރުމަށް ޝައުޤްވެރިކަން ހުންނަފަރާތްތަކަށް ތުލުސްދޫ ބިމުން  600 އަކަފޫޓްގެ ބިމެއް  10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް  2017 ފެބުރުވަރީ 15 ދުވަހުގެ 13:30 ގެ ނިޔަލަށް ބީލަން ހުޅުވާލައިފީމެވެ. އަދި ބީލަމާއި ބެހޭ މަޢުލޫމާތު ދިނުން 2017 ފެބުރުވަރީ 9 ވާ ބުރާސްފަތި ދުވަހު 13:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެއެވެ.     

ވީމާ މިބިންކުއްޔަށް ނަންގަވަން  ބޭނުންފުޅުވާ ފަރާތްތަކުން މަސްދުވަހުގެރޭޓުން ހުށަހަޅުއްވާ ކުލި ބަޔާންކޮށް ސިޓީ ހުށަހެޅުއްވުންއެދެމެވެ. ސިޓީއުރައިގެ ބޭރުގައި"   މުވާސަލާތީ ޚިދުމަތް ތަރައްޤީ ކުރުމަށް ދޫކުރާބިން ކުއްޔަށް ހިފުމަށް " މިހެންލިޔުއްވަންވާނެއެވެ. ކުންފުންޏަކުން އެދިލައްވާނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ޖީއެސްޓީ ރަޖިސްޓަރީ ކޮޕީ އަމިއްލަ  ވިޔަފާރިއަކުން ނަމަ ވިޔަފާރި ރަޖިސްޓަރީއާއި ޖީއެސްޓީ ރަޖިސްޓަރީ ކޮޕީއެއް އަދި އައި ޑީކާޑް ކޮޕީ ސިޓީއާއިއެކު ހުށަހަޅުއްވަންވާނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީތައް ކެނޑުންއޮންނާނީ ސިޓީހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި2017 ފެބުރުވަރީ 15 ވާ ބުދަ ދުވަހުގެ 13:35 ގައި މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ބިން ކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް  ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.

ބިން ކުއްޔަށް ދޫކުރެވޭނީ ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން  އެންމެބޮޑު ކުއްޔެއް  އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.

ބިމުގެ އޭރިޔާއަކީ 600 ( ހަސަތޭކަ ) އަކަފޫޓެވެ.

ހުށަހެޅޭނެ އެންމެދަށްއަގު  300.00ރ ( ތިންސަތޭކަ ރުފިޔާ)

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

01 ފެބުރުވަރީ 2017
ހޯދާ