މަޤާމު: މަސައްކަތު (ވަގުތީ)
|
ބޭނުންވާ ޢަދަދު: 01
|
ރޭންކް: އެސްއެސް 1
|
މުސާރަ: 3100.00 ރުފިޔާ.
|
އެލަވަންސް: 1000.00 ރުފިޔާ
|
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުޞޫލުން
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް
|
ކޮންޓްރެކްޓް މުއްދަތު: (ވަޒީފާދޭ ތާރީޚުުން ފެށިގެން 3 މަސް ދުވަސް)
|
ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ
|
މަޤާމް އަސާސީ ޝަރުޠުޠައް:
- އަސާސި ފެންވަރަށް ލިޔަންކިޔަށް އެނގުން
- ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤަބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
- އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ސާފުކުރުން
- ދިދަ ނެގުމާއި ދިދަ އެރުވުން
- ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން
- ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
- ކައުންސިލުން އެހެން ފަރާތްތަކަށް ރައްދުކުރުމަށް އެދޭ ތަކެތި ރައްދު ކޮށްދިނުން
- ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:
- ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ކަންކަމަށް އިސްކަން ދެވޭނެއެވެ.
- ލިބިފައިވާ ތަޢްލީމާއި ތަމްރީން
- މަސައްކަތުގެ ތަޖްރިބާ
- މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން
|
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:
- 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށް
|
ހުށައަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސާވިސްގެ ވަޒީފާއަށް އެދި ހުށައަޅާ ފޯމް (އެޓޭޗް ކުރެވިފައި އަދި މި ފޯމް ކައުންސިލުން ލިބެން ހުންނާނެ އަދި ސިވިލް ސާވިސް ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ)
- ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު
|
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚް ފަހުން އެންގޭނެއެވެ.
03 ޖުމާދުލްއޫލާ 1438
31 ޖެނުއަރީ 2017
|