ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 01 ފެބުރުވަރީ 2017 10:35 ގައި ބާތިލް ކުރެވިފައެވެ.


  މަޤާމް:                      އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :               އޮފިސަރ ގްރޭޑް 2 

   މުސާރަ :                   -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:                ސ.އަތޮޅު މަދަރުސާ / ހުޅުދޫ މީދޫ

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     އިދާރީބައި / ސ.އަތޮޅު މަދަރުސާ

   އެހެނިހެން އިނާޔަތް:

                       ރަމަޟާން މަހުގެ ޚާއްސަ ޢިނާޔަތުގެ ފައިސާއާއި އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ

                       އުސޫލުގެ މަތީން ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ހަރުމުދަލުގެ ރެޖިސްޓްރީ ބެލެހެއްޓުން.
  2. ސިޓީ / މެސެޖް ލިޔުން
  3. އެންޓްރީ ބެލެހެއްޓުން
  4. ދުވަހުން ދުވަހަށް ސްކޫލުގެ ޔައުމިއްޔާ ލިޔުން.
  5. ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  6. މުވައްޒަފުންގެ ރެކޯޑާއި (މުވައްޒަފު ވަޒީފާ ހަމަޖެހުނު ތާރީޚް/ވަކިވި ތާރީޚް/ވަޒީފާބަދަލުވި ތާރީޚް/ޕްރޮމޯޝަން ލިބުނު ތާރީޚްފަދަ ރެކޯޑްތައް) ހާޒިރީ ބެލެހެއްޓުން އަދި ހާޒިރީ ރިޕޯޓް ތައްޔާރުކުރުން. (ކޮންމެ މީލާދީ މަހެއް ނިމުމުން މުވައްޒަފުންގެ ހާޒިރީ ރިޕޯރޓް ސްކޫލުގެ އިސްވެރިޔާ އަށް ހުށަހެޅުން)
  7. އިތުރުގަޑީގެ ހާޒިރީ ޝީޓާއި ރިޕޯޓް ތައްޔާރުކުރުން
  8. ދަރިވަރުންގެ ޑާޓާ ބޭސް އަޕްޑޭޓްކުރުން.
  9. ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން

އާމްދަނީފޮތް ބެލެހެއްޓުން.

 

ޝަރުތު:                           

                             

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

  1. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، އައްޔަން ކުރުމުގެ މިންގަޑުތަކާއި އުސޫލުތައް 2013  ގައިވާކަންކަމަށް ބެލެވޭނެއެވެ. 
  2. މަގާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މަސައްކަތް އެނގޭ މިންވަރު ބެލުމުގެ ގޮތުން ޕްރެކްޓިކަލް ޓެސްޓެއް ދިނުން.
  4. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.               

އިންޓަރވިއު ކުރުން

ހ. މިމަގާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 15 ފެބްރުވަރީ 2017 ވާ ބުދަ ދުވަހުގެ 10:00ގައި ސ.އަތޮޅުމަދްރަސާގައެވެ. މިމަގާމަށް މީހަކުހޮވުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓް އޮންނާނީ 16 ފެބްރުވަރީ  2017 ވާ ބުރާސްފަތިދުވަހު 10:00 ގައި ސ.އަތޮޅު މަދަރުސާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ނ. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު  (ވަޒީފާއަށް އެދި ހުށަހަޅުއްވާނީ'' ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު'' އިންނެވެ.  ފޯމު ސ.އަތޮޅުމަދްރަސާގެ  އޮފީހުން ލިބިވަޑައި ގަންނަވާނެއެވެ.އިން ލިބިވަޑައިގަންނަވާނެއެވެ. ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑުކުރެވެންވެސް ހުންނާނެއެވެ.

 

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސ.އަތޮޅު މަދަރުސާގެ އޮފީހަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ފެބްރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

 

 

    03  ޖުމާދަލްއޫލާ  1438

    31  ޖަނަވަރީ   2017                               

 

 

 

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސ.އަތޮޅު މަދަރުސާގެ ގެ ނަންބަރު 6895679 ފޯނަށް ގުޅުއްވުން އެދެމެވެ. 

31 ޖަނަވަރީ 2017
ހޯދާ