މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ވެހިކަލް ލައިސަންސް ޓެސްޓް ދިނުމަށް ބޭނުންވާ ތަން ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

ކ.މާފުށި                                                    

 

                                                               ނަމްބަރު:IUL)337/337/2017/10 )

އިޢުލާން

 

އެއްގަމު ވެހިކަލް ލައިސަންސް ޓެސްޓް ދިނުމަށް ބޭނުންވާ ތަން ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ:

      ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދާ ލައިސަންސް (A ޒޯނުގެ ) ޚިދުމަތް މާލެ އަތޮޅު ކައުންސިލްގެ ފަރާތުން ދިނުމަށްޓަކާ މިރަށުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތިދުއްވުމުގެ ލައިސަންސް ހެދުމަށް ބޭނުންވާ ސަރަހައްދު ޓްރާންސްޕޯޓް އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ތިރީގައި މިދަންނަވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހޮޅުވާލެވިފައިވާ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ  ވާހަކަ ދަންނަވަމެވެ.

 އަދި ކުރިން މިމަސަތްކަތް ކޮށްދިނުމަށް ކޮށްފައިވާ އިޢުލާން ނަމްބަރ: (IUL)337-C-AB/337/2017/3  (19 ޖެނުއަރީ 2017)  އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ވަނީ ބާތިލްކުރެވިފައެވެ.

1- މަސައްކަތާއިބެހޭގޮތުން ދެވޭ މަޢުލޫމާތު ސާފުކޮށްދިނުން

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ތާރީޚް : 08 ފެބްރުއަރީ 2017 .

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ސުންގަޑި: 11:00 ގައި.

-         މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ތަން : މާފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލްގައި.

2- އެސްޓިމޭޓް ހުށައެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ

-         އެސްޓިމޭޓް ހުށައެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚް : 14 ފެބްރުއަރީ 2017 .

-         އެސްޓިމޭޓް ހުށައެޅުމާއި ބަލއިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި 11:00 .

-         އެސްޓިމޭޓް ހުށައެޅުމާއި ބަލއިގަތުމަށް ހަމަޖެހިފައިވާ ތަން : މާފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލްގައި.

31 ޖެނުއަރީ 2017

31 ޖަނަވަރީ 2017
ހޯދާ