ދިވެހިރާއްޖެ
އިޢުލާން
މިމިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހދ. ކުޅުދުއްފުށި އޮފީސް އިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާ ބެހޭ ތަފްޞީލް ތިރީގައިވަނީއެވެ.
- އޮފީސް އެޑްރެސް: ނޮދާރން އޮފީސް ކޮމްޕްލެކްސް، 2ވަނަ ފަންގިފިލާ / ހަނދުވަރީހިނގުން ، ހދ. ކުޅުދުއްފުށި
- މަސައްކަތްކުރަންޖެހޭ ގަޑި: މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ހަމަޖެއްސިދާނެ
- މަސައްކަތްކުރަންޖެހޭ ދުވަސްތައް: ކޮންމެ ހަފުތާއެއްގެ ރަސްމީ ކޮންމެ ދުވަހެއް.
- މަސައްކަތުގެ މުއްދަތު: 31 ޑިސެމްބަރު 2017ގެ ނިޔަލަށް.
- ކުރަންޖެހޭ މަސައްކަތް:
- ރަސްމީ ކޮންމެ ދުވަހަކު އޮފީސް ފޮޅާސާފުކުރުން
- އޮފީސް ފާޚާނާ ސާފްކުރުން
- ހަފްތާއަކު ދެދުވަހު އޮފީސްތެރެ މޮޕްލުން
- ކުނިވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން
- ހަފްތާއަކު އެއްފަހަރު ބިއްލޫރިތައްފުހެ ސާފުކުރުން
- މަހަކު އެއްފަހަރު ފަންކާފުހެ، ފާރުތައްފޮޅައި ސާފުކުރުން
6. މަސައްކަތަށް އަގު ދިނުން: މަސް ނިމުމުން އަގު ދެވޭނީ މަސައްކަތްކުރި ދުވަސްތަކަށް އެކަނިއެވެ. އަދި ނާންނަދުވަސްތަކަށް އަގު ނުދެވޭނެއެވެ. ނަމަވެސް މަސައްކަތަށް ނާދެވޭދުވަހު އެހެން މީހަކު ހަމަޖެއްސުމުން އެދުވަހުގެ ލާރި ބިޑް ކާމިޔާބުކުރާ ފަރާތަށް ހަވާލުކުރެވޭނެއެވެ.
7. ކުނިކަހާ ފޮޅާސާކުރުންޖެހޭ ޢިމާރާތުގެ ތަފްޞީލް
|
ޢިމާރާތް |
އެކުލެވޭ ތަންތަނުގެ ޢަދަދު |
||||
|
ފަންގިފިލާ |
ކޮޓަރި |
ޖަލްސާ މާލަމް |
ފާޚާނާ |
ފެންޑާ |
|
|
ބިޒްނަސް ސެންޓަރ ކުޅުދުއްފުށި |
2 |
2 |
1 |
1 |
1 |
އަގު ހުށަހެޅުން.
- ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭ އަގެވެ.
- އަގު ހުށައަޅާނީ ޓެކްސް ހިމަނައިގެންނެވެ.
- އަންދާސީ ހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯރމް"ގައެވެ. މި ފޯރމް ހުށަނާޅާ ފަރާތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މިފޯރމް ކުޅުދުއްފުށި ބިޒްނަސް ސެންޓަރއިން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.
މާރކްސް ދެވޭގޮތުގެ ތަފްސީލް:
- ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ.
- ބިޑަށް މާރކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.
|
އަގަށް |
80 |
|
|
ތަޖުރިބާ |
20 |
|
4. ބިޑް އިވެލުޝަންއަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު 08 ފެބުރުވަރީ ގެ 13.00 އަށް ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހދ.ކުޅުދުއްފުށި އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
ބިޒްނަސް ސެންޓަރ ކުޅުދުއްފުށި / ހ.ދ ކުޅުދުއްފުށި
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 08 ފެބުރުއަރީގެ ގެ 13.00 ޖަހާއިރު ހ.ދ ކުޅުދުއްފުށި ބިޒްނަސް ސެންޓަރގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތެއްގެ ހާޒިރީއެއްގައެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6528315 އަށް ގުޅުއްވުން އެދެމެވެ.
