ދިވެހިރާއްޖެ
| މަޤާމް :ސިސްޓަމް އިންޖިނިއަރ | |
|---|---|
| ބޭނުންވާ އަދަދު :1 | |
އެޑެޕްޓޭޝަން ފަންޑް ބޯޑާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ 3 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއަށް ސިސްޓަމް އިންޖިނިއަރއެއް ހޯދުމާއި ބެހޭ
ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު
ސިސްޓަމް އިންޖިނިއަރ
އެޑެޕްޓޭޝަން ފަންޑް ބޯޑާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ 3 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އޮފިސަރއެއް ހޯދަން ބޭނުންވެއެވެ. މިގޮތުން މި މަޝްރޫޢުގެ ޕްރޮޖެކްޓް އޮފިސަރގެ މައްސޫލިއްޔަތަކީ، މިނިސްޓްރީން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އެއްކުރެވޭނެ ޕްލްޓްފޯރމެއް ޤާއިމުކުރުމާއި ހޫނު މޫސުމުގައި ބޯފެނައް ޖެހޭ ރަށްތަކުގެ މަޢުލޫމާތު އެއްކުރެވޭނެ ޕްލްޓްފޯރމެއް ޤާއިމުކުރުމެވެ. ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
މަސައްކަތުގެ މުއްދަތު: މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 07 (ހަތެއް) މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
އުޖޫރަ: މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 45,000.00 ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.
ސުންގަޑި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2017 ފެބުރުވަރީ 6 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު: މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 އަށް ގުޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން މާލެ، ދިވެހިރާއްޖެ 31 ޖެނުއަރީ 2017 |
