ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

 
   

 

 

 

މިއިދާރާގެ ނަންބަރ: 374-C/2017/10 (19 ޖަނަވަރީ 2017 ) ގެ އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން އެއިއުލާން ބާތިލްކޮށް ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ޕަންޕުހައުސްއެއް ޤާއިމުކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައަޅާފައިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ،ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން

2017 ފެބުރުވަރީ 07  11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

2017 ފެބުރުވަރީ 09 11:00 ގައި

މައުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބުތައް ބަލައިގަތުން

ފ.ނިލަންދޫ ކައުންސިލް އިދާރާގައި

 

މަޢުލޫމާތު ސާފުކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މައުލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާތިލް ކުރެވޭނެއެވެ. އެސްޓިމޭޓް ހުށަހެޅޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫގައި ޕަންޕުހައުސް ޤާއިމުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ސާފުކުރި ފަރާތްނޫން އެހެންފަރާތަކުން އެސްޓިމޭޓް ހުށަހަޅާނަމަ އެފަރާތެއްގެ ރަސްމީ ލިޔުމެއް އެސްޓިމޭޓް ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރު ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.  ކުންފުންޏަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓްރީ ހުށަހަޅަންވާނެއެވެ.

30 ޖަނަވަރީ 2017
ހޯދާ