މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
Flight Operations Officer

ވަޒީފާގެ ފުރުޞަތު ނަންބަރު:

(IUL)201-A/1/2017/3

ތާރީޚް: 31 ޖެނުއަރީ 2017

 

މަޤާމް:

ފްލައިޓް އޮޕަރޭޝަންސް އޮފިސަރ ބޭނުންވާ އަދަދު: 01

ސެކްޝަން:

ފްލައިޓް އޮޕަރޭޝަންސް މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ
މުސާރަ އާއި އެލަވަންސް: އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރަ އާއި އެލަލްވަންސް ދެވޭނެއެވެ.
ވަޒީފާ އަދާކުރަންޖެހޭތަން: މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
ފެންވަރު ނުވަތަ ޝަރުތު:

1- ކޮމާޝަލް ޕައިލޮޓް ލައިސެންސެއް އޮތުން-  އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، ސާނަވީ އިމްތިޚާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން-   ޕައިލޮޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

    ނުވަތަ

2 - އެއާލައިން ޓްރާންސްޕޯޓް ޕައިލޮޓް ލައިސެންސް އޮތުން-  އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، ސާނަވީ އިމްތިޚާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން- އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

މަޤާމުގެ މަސްޢޫލިއްޔަތު:
  1. ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) އަދި ޕައިލޮޓުން ތަމްރީން ކުރާ ސްކޫލު ހުއްދަ (ފްލައިން ޓްރޭނިންގ އޮގަނިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައިވާ ކަންތައްތައްކުރުން
  2. ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށްވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭފަރާތުގެ ލިޔެކިޔުންތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މުތާލިއާކުރުން
  3. ވައިގެދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުން
  4. ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) ބެލެހެއްޓުން
  5. ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރުގެ ޖަމިއްޔާ (އައިކާއޯ) އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުން
  6. އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލް ތަކަށް އަންނަ ބަދަލުތައް މުތާލިއާކުރުމާއި އެބަދަލު ތަކަށް ހުއްދަ ދިނުން
  7. ޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (ލައިސެންސް/ސެޓްފިކެޓް/ވެލިޑޭޝަން) ބެލެހެއްޓުން
  8. ޕައިލޮޓުން،ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުތާލިއާ ކުރުމާއި، މެޑިކަލްއާއި ގުޅުން ހުރި ކަންކަމުގައި ގޮތެއްނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުން
  9. ޤަވައިދު ތަކާއި އެއްގޮތަށް ހުއްދަދީ ބަލަމުން ދާއިރު، އެކަމެއްް ނުވަތަ އެތަނެއް ނުވަތަ އެތަނަކާ ގުޅޭކަމެއް ވަނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަލާމަތީގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެތަނެއް ނުވަތަ އެކަމެއް އިޞްލާޙު ކުރުމަށް، ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް، ފިޔަވަޅުއަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: 1- މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕޮރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން 1- 14 ފެބްރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރުލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

31 ޖަނަވަރީ 2017
ހޯދާ