ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ

ނަންބަރު: IUL)120/120/2017/3)

އިޢުލާން

 

މިޑިޕާޓްމަންޓުން ކުރި ނަމްބަރު (IUL)120/1/2017/9 (19 ޖަނަވަރީ 2017)އިޢުލާނަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ 05 ފެބްރުއަރީ 2017 ގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށްފަހު، އަލުން އެ މަގާމަށް އިއުލާން ކުރަމެވެ.

ވަޒީފާގެ ފުރުސަތު:

މަޤާމް

ޕޭޕަރ ސެޓަރ ( ދިވެހި/ އިސްލާމް )

ގިންތި:

ޕާޓްޓައިމް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާގެ 1 / އިސްލާމް މާއްދާގެ 1

ޢުޖޫރަ:

ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

މުއްދަތު:

3 އަހަރު ދުވަސް  

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ ތަޖްރިބާ މަދުވެގެން 3 އަހަރު ދުވަހު ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ ތަޖްރިބާ މަދުވެގެން 3 އަހަރު ދުވަހު ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

-          އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ބޭނުންވާ އެސެސްމަންޓް ބްލޫ ޕްރިންޓް އެކުލަވާލުން

-          އެޗް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންސްކީމް އެކުލަވާލުން.

-          އިމްތިޙާނު ކަރުދާސްތައް މާކުކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

-          އިމްތިޙާނު ކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން.

-          އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-          ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމެންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-          އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް ހިމަނަން ވާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

 

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ކައުންޓަރަށެވެ.

 

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00

                   02 ޖުމާދަލްއޫލާ  1438

                    30 ޖަނަވަރީ   2017

 

30 ޖަނަވަރީ 2017
ހޯދާ