ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާގެ ނަންބަރު: (IUL)264/PRIV/2017/01 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް އަލުން، މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ފެބްރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މިއިދާރާއިން ބެލުމަށްފަހު އެންމެ މަތިން މާކްސްލިބޭ ފަރާތަކަށެވެ. މާކްސް ދޭނެ ކަންތައްތަކާ މާކްސްދޭން ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
މާކްސް ދެވޭ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފްޞީލް |
އަގު |
80% |
v ޚިދުމަތުގެ އަގަށްދޭ މާކްސް v މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާއެއްމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެއްމެކުޑަ އަގަކަށެވެ. |
ތަޖްރިބާ |
20% |
v މަސައްކަތު ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށް ލިބިފައިވާ ޤާބިލުކަމަށްދެވޭ މާކްސް. v މިގޮތުން އެންމެގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ސެކިޔުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ މިމަސައްކަތަށް އެންމެ ޤާބިލް ފަރާތަކަށެވެ. |
30 ޖެނުއަރީ 2017