ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ

ނަންބަރު:   (IUL)120/120/2017/1)

 

 އިޢުލާން

 މިޑިޕާޓްމަންޓުން ކުރި ނަމްބަރު (IUL)120/1/2017/8 (19 ޖަނަވަރީ 2017)އިޢުލާނަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ 05 ފެބްރުއަރީ 2017 ގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށްފަހު، އަލުން އެ މަގާމަށް އިއުލާން ކުރަމެވެ.

ވަޒީފާގެ ފުރުސަތު:

 

މަޤާމް

ޗީފް އެގްޒެމިނަރ ( ދިވެހި/ އިސްލާމް )

ގިންތި:

ޕާޓްޓައިމް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާގެ 1 / އިސްލާމް މާއްދާގެ 1

ޢުޖޫރަ:

ރިޓެއިނަރ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3000 ރ (ތިންހާސް ރުފިޔާ) ދެވޭނެއެވެ. އަދި މަދުވެގެން ކޮންމެ ހަފުތާއަކު 10 ގަޑިއިރުގެ މަސައްކަތް ކުރަން ޖެހޭނެއެވެ.

މީގެއިތުރުން ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ހަފުތާއަކު 10 ގަޑިއިރުގެ މަސައްކަތް އުނިކުރުމަށްފަހު، ކުރާ ކޮންމެ ގަޑިއަކަށް -/250 ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ އުޖޫރަ ދެވޭނެއެވެ.

މުއްދަތު:

3 އަހަރު ދުވަސް.

މަޤާމުގެ އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ ތަޖްރިބާ މަދުވެގެން 2 އަހަރު ދުވަހު ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ ތަޖްރިބާ މަދުވެގެން 3 އަހަރު ދުވަހު ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމުތައް އެކުލަވާލައި އިމްތިޙާނު ކަރުދާސްތައް މާކު ކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތުގެ އެންމެ އިސްކޮށް ހުންނަވާ ފަރާތުގެ ހައިސިއްޔަތުން ތިރީގައި މިބަޔާން ކުރާ ކަންތައްތައް ޗީފް އެގްޒަމިނަރު ކޮށްދެއްވަން ވާނެއެވެ.

-   ތިން މެންބަރުން ހިމެނޭ އިމްތިޙާނު ކޮމިޓީގެ އެންމެއިސް މެންބަރުގެ ގޮތުގައި ޕޭޕަރ ސެޓަރާއި ކޮމިޓީގެ މެންބަރާއި، ވަކި މަސައްކަތްތައް ހަވާލުކުރާ އިދާރީ މުވައްޒަފުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި ބެލެހެއްޓުން.

-    ޓޭބަލް އޮފް ސްޕެސިފިކޭޝަނާ އެއްގޮތަށް އިމްތިހާނު ކަރުދާސް ތައްޔާރުކުރުމަށް ސެޓަރއަށް މަސައްކަތް ހަވާލުކޮށް، މަސައްކަތް ކުރާނޭ ގޮތުގެ އިރުޝާދު ދިނުން

-    ކަރުދާސްތަކާއި މާކިންގ ސްކީމްތައް އެކުލަވާލެވިފައިވަނީ އިމްތިޙާނުކަރުދާސްތައް އެކުލަވާލުމަށް ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ (ޓޭބަލް އޮފް ސްޕެސިފިކޭޝަނާ) އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

-    އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރޫފު ރީޑްކޮށް، ގެންނަންޖެހޭ ބަދަލެއްވާނަމަ ގެނައުން.

-     ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރިންޓް ކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލުން.

-     މާކަރުންނަށް ތަމްރީން ދިނުމާއި މާކަރުން ކަނޑައެޅުމުގެ ވަރކްޝޮޕް ރާވައި ހިންގުން.

-     ސްޓޭންޑަޑައިޒޭޝަން ބައްދަލުވުންތައް ބާއްވައި، މާކިންގ ސްކީމުތަކާއި އެއާ ގުޅުންހުރި އިދާރީ މަސައްކަތްތައް އެގްޒޭމިނަރުންނަށާއި މޮޑަރޭޓަރުންނަށާއި މާކަރުންނަށް ކިޔައިދީ، އޭގައިވާ ގޮތަށް ކޮންސިސްޓަންޓްކޮށް އަދި އެކިއުރޭޓްކޮށް ސުއާލުތައް މާރކް ކުރޭތޯ ބެލުން.

-      މާކިންގެ މަސައްކަތް ސުޕަވައިޒްކޮށް، ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.

-      އިމްތިޙާނުތަކުގެ ކަންތައްތައް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޑީ.ޕީ.އީއާ ހަވާލު ކުރުން.

-      ގްރޭޑްތައް މުރާޖާ ކުރުމަށް އެހީތެރިވެދީ އެކަމަށް ބާއްވާ ބައްދަލުވުން ތަކުގައި ބައިވެރިވުން.

-      އިމްތިޙާނުގެ ނަތީޖާ އަލުން ބަލަން އެދޭ ކެންޑިޑޭޓުންގެ ނަތީޖާ ބެލުމުގެ ކަންތައް އިންތިޒާމް ކުރުން.

-      މާއްދާގެ ނަތީޖާތައް އެނަލައިޒްކޮށް، ތަފާސްހިސާބުތައް އެކުލަވާލާ މާއްދާ ރިޕޯޓް ތައްޔާރުކުރުން

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-          ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމަންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

-      އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް  ހިމަނަން ވާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

 

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ކައުންޓަރަށެވެ.

 

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:00

                      02 ޖުމާދަލްއޫލާ  1438

                       30 ޖަނަވަރީ   2017

 

30 ޖަނަވަރީ 2017
ހޯދާ