ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
އައްޑޫސިޓީ ކައުންސިލް އިދާރާގެ ސެކިއުރިޓީ އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)426-CA/426/2017/6) އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ދެފަރާތަކުން ކަމަށް ވާތީ އެއިއުލާން ބާޠިލްކޮށް އަލުން މިކަމަށް އެދިލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އައްޑޫސިޓީ ކައުންސިލް އިދާރާއަށެވެ.
މައުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ކަނޑައެޅިފައިވާ ގަޑީގެފަހުން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
02 ޖުމާދަލްއޫލާ 1438