ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް
އައްޑޫސިޓީގެ ހިތަދޫ އަވަށު މެދުދާއިރާގައި ފިނިމައިޒާނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)426-AA/426/2017/4) އިޢުލާނަށް ފުރިހަމަ މަޢުލޫމާތު ދެވިފައި ނުވުމާއި އެކު މިއިޢުލާން ބާޠިލްކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.
ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 09 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޖުމާދަލްއޫލާ 1438