ދިވެހިރާއްޖެ
އިޢުލާން
ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް ބިން ދޫކުރުން
ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް ބިންދޫކުރުމަށް ކޮށްފައިވާ(IUL)253/253/2016/115 އަދި (IUL)253/253/2017/4 ނަންބަރުގެ އިޢުލާނުއާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެބިންތައް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް މިރަށުގެ ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާ ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 2 ބިން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
# |
ބިން އޮތްތަން |
ބޮޑުމިން (އަކަފޫޓް) |
މުއްދަތު |
1 |
ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ އުތުރުފަޅި |
50’ x 30’ (1500 އަކަފޫޓް) |
5 އަހަރު |
2 |
ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ ދެކުނުފަޅި |
50’ x 30’ (1500 އަކަފޫޓް) |
10 އަހަރު |
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 7 ވާ އަންގާރަދުވަހުގެ 9:30 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ފެބުރުވަރީ 8 ވާ ބުދަދުވަހުގެ 9:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
1 ޖުމާދަލްއޫލާ 1438
29 ޖަނަވަރީ 2017