ދިވެހިރާއްޖެ
ނަންބަރ:IUL)MMPRC/1/2017/5)
އިޢުލާން
ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2017، 2018 އަދި 2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން
ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2017، 2018 އަދި 2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2017 ޖެނުއަރީ 26 ން 2017 ފެބްރުއަރީ 06ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:30 އާއި ދެމެދުގެ ވަގުތުތަކުގައި، މި ކޯޕަރޭޝަނުން (ވެލާނާގެ، 4 ވަނަ ފަންގިފިލާ) /-530 (ފަސްސަތޭކަ ތިރީސް) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. އާރ.އެފް.ޕީ ގަންނަންވާނީ އޭ.ޓީ.އެމް ފެއަރ 2017، 2018 އަދި 2019 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2017 ފެބްރުއަރީ 27 ވަނަ ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ. ސިޓީ އުރައިގެ ބޭރުގައި " އޭ.ޓީ.އެމް ފެއަރ 2017، 2018 އަދި 2019 ވަނަ އަހަރުގެ ސްޓޭންޑް ފަރުމާކުރުމާއި ތައްޔާރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ. ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected] ކޮޕީކުރައްވާނީ [email protected]
އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އިބްރާހީމް އާސިމް
ޑިރެކްޓަރ
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް
4 ވަނަ ފަންގިފިލާ، ވެލާނާގެ
މާލެ، ދިވެހިރާއްޖެ
ފޯން: 7771213، 3323228، 3331826
އީ-މެއިލް: [email protected]
28 ރަބީޢުލްއާޚިރު 1438
26 ޖެނުވަރީ 2017