ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބްރޭންޑް ނިއު ސްޕީޑް ބޯޓެއް ގަންނަން ބޭނުންވެގެން

 

އި ޢު ލާ ން

HDC(161)-PRO/IU/2017/22ނަންބަރ:

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނަށް ބްރޭންޑް ނިއު ސްޕީޑް ބޯޓެއް ގަންނަން ބޭނުންވެގެން ކުރި އިއުލާން ނަންބަރު            ((HDC(161)-PRO/IU/2017/11 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް މިތަކެތި މިކޯޕަރޭޝަނަށް ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ

ވީމާ، މި ތަކެތި ފޯރުކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖެނުއަރީ 2017 ވާ ދުވަހުގެ 13:00 އަށް  (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިއެވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: https://hdc.com.mv/bids/

 އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355193 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  28 ރަބީޢުލްއާހިރުު 1438

                   26 ޖެނުއަރީ 2017

                 ‏

ޚާދިމްކުމް     

 

                                                                        ޔާސިރު ހަސަން

ޕްރޮކިއުމަންޓް މެނޭޖަރ

                                            

 

26 ޖަނަވަރީ 2017
ހޯދާ