އަލިފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                އަލިފުށީ ޞިއްޙީމަރުކަޒު

ރ.އަލިފުށި، ދިވެހިރާއްޖެ

ނަންބަރު: (IUL)E1-SM/2017/01 

ވަޒީފާގެ ފުރުޞަތު

ތާރީޚް:  26 ޖަނަވަރީ 2017

 

 

 

ރ.އަލިފުށީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމުގެ ނަން:

ކޭޝިއަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

މަޤާމް އޮތް ތަން

ރ.އަލިފުށީ ޞިއްޙީމަރުކަޒު

ޑިވިޝަން/ ސެކްޝަން:

ބަޖެޓް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން:

ރ.އަލިފުށި ޞިއްޙީމަރުކަޒް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  2. ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ މުސާރައިގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
  3. ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓު ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން
  4. ކޮންމެ މަހެއްގެ އައުޓް ސްޓޭންޑިންގ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން
  5. މަރުކަޒަށް ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ދޫކުރުން
  6. އާމްދަނީ ފައިސާގެ ރިޕޯޓު ތައްޔާރުކުރުމާއި ހޮސްޕިޓަލް އެކައުންޓަށް ޖަމާކުރުން
  7. ބިލް އެންޓްރީ ބެލެހެއްޓުމާއި މާލިއްޔަތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުން
  8. ޕޭމައުންޓް ވައުޗަރ ހެދުމާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން، އަދި ޗެކް ރަޖިސްޓްރީ ހަދާ ބެލެހެއްޓުން
  9. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބެލެހެއްޓުން

10. މަރުކަޒުގެ އޮފީހުންކުރައްވާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ތަޢުލީމާއި، ތަޖްރިބާ:

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

ޑިވިޝަން/ ސެކްޝަން:

އެޑްމިން ސެކްޝަން

މަޤާމް އޮތް ތަން

ރ.އަލިފުށީ ޞިއްޙީމަރުކަޒް

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި އިމާރާތް ފޮޅާ ސާފުކުރުން
  2. ރަށުގެއެކި އިދާރާތަކަށާއި އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ޙަވާލުކުރުން
  3. ބޭނުންކޮށް ހަޑިކުރެވޭ އިކުއިޕްމަންޓްސް ދޮވެ ސާފުކުރުން
  4. އެޓެންޑެންޓެއް ނެތް ޙާލަތެއްގައި އެޓެންޑެންޓެއްގެ މަސްއޫލިއްޔަތު އަދާކުރުން
  5. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ފެންދީ ބެލެހެއްޓުން
  6. ދިދަ ނެގުމާއި ދިދަ ތިރިކުރަން
  7. މަރުކަޒުގެ އޮފީހުން ކުރައްވާ ޚާއްޞަކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން

ތަޢުލީމާއި، ތަޖްރިބާ:

  1. ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

 

މަސައްކަތް ކުރަންޖެހޭ ތަން:

ރ.އަލިފުށީ ޞިއްޙީމަރުކަޒް

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1.     މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނާއި، އަލިފުށި ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުންwww.csc.gov.mv އިން ލިބެންހުންނާނެއެވެ.)

 

  1. 2.     ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޟެތް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

  1. 3.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

 

  1. 4.     ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

 

  1. 5.     މަސައްކަތުގެ ތަޖްރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

 

  1. 6.     ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

 

  1. 7.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ އަލިފުށީ ޞިއްޙީމަރުކަޒުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 07 ފެބްރުވަރީ 2017 ވަނަ ދުވަހުގެ 14.00 ގެ ކުރިންނެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއު އޮންނާނީ 2017 ވަނަ އަހަރުގެ ފެބްރުވަރީ މަހު އަލިފުށީ ޞިއްޙީމަރުކަޒުގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތް ތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6580217 އެވެ.

 

             28 ރަބީޢުލްއާޚިރު  1438      

             26 ޖަނަވަރީ  2017

26 ޖަނަވަރީ 2017
ހޯދާ