މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަދޫ ރައްޔިތުންގެ އިންޖީނުގެއަށްބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

ފުނަދޫ އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

             ފުނަދޫ ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)283-BF/283/2017/05 ( 15 ޖެނުއަރީ 2017) އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށްފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިއިދާރާއިން ހިންގަމުން ގެންދާ ފުނަދޫ ރައްޔިތުންގެ އިންޖީނުގެއަށްބޭނުންވާ ޑީސަލް ސަޕްލައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބުރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 08 ފެބުރުއަރީ 2017  ވާ ބުދަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް ލިޔުންހުށަނާޅާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،އަގުހުށަހަޅާފަރާތުންބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

26   ޖެނުއަރީ  2017

 

26 ޖަނަވަރީ 2017
ހޯދާ