ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކުނަހަންދޫ މަސްޖިދުއްނަހްޡާ މިސްކިތު ވަގުތީ އިމާމް ނެގުމާއި ގުޅޭ

އިޢުލާނު

       ލ. ކުނަހަންދޫ މަސްޖިދުއްނަހްޡާ މިސްކިތު 2017 ޖެނުއަރީ 18 އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ބަންގި ގޮވުމާއި، އިމާމުވެ ނަމާދު   ކުރުމަށް މީހަކު ބޭނުންވެއްޖެއެވެ.

ޝަރުޠު:  ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނަކު ކަމުގައިވުން، އަސާސީ  ތަޢުލީމުގެ ފެންވަރަށް ތަކެތި

       ދަންނަ މީހަކު ކަމުގައިވުން، އަދި ތަޖްވީދުމަގުން ޤުރުއާންކިޔަވަން ދަންނަ، މި ފަދަ ސަނަދު ސެޓްފިކެޓް ޙާޞިލް ކުރައްވާ ފައިވާ، ތަޢުލީމީ ފަރާތްތަކަށް  އިސްކަންދެވޭނެއެވެ.

 

މުސާރަ:  މަހަކު -/4100 ރ ( ތހަތަރުހާސް އެއްސަތޭކަ ރުފިޔާ )

އެލަވްސް: މަހަކު -/1000 (އެއްހާސް ރުފިޔާ)

ޢިނާޔަތް: ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތް

 

       ވީމާ، މިކަމަށްއެދޭ ފަރާތްތަކުން 02 ފެބްރުއަރީ 2017 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުނަހަންދޫ  ކައުންސިލްގެ  އިދާރާއަށް ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި 07 ފެބުރުއަރީ 2017 އަންގާރަ ދުވަހު 13.00 ގައި ކައުންސިލް އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ޙާޒިރުނުވާ ފާރާތްތަކުގެ ފޯމް ބާޠިލްކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ، އެކްރެޑިޓް ކުރެވިފައިވާ

  

                 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

                           28 ރަބޫޢުލް އާޚިރު 1438

                           26 ޖެނުއަރީ     2017        

      

26 ޖަނަވަރީ 2017
ހޯދާ