ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދުބާޢީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

 

ދުުބާއީގައި 1438 ވަނަ އަހަރު ރަމަޟާންމަހު 8 ން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ. އަދި 27 މޭ 2017 އަށް 14 އަހަރު ނުފުރޭ ކުއްޖަކުނަމަ އެކުގައި ވަޑައިގަންނަވާނެ ބޭފުޅަކަށްވެސް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

  1. ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކު ކަމުގައިވުން.
  2. 27 މޭ 2017 އަށް 25 އަހަރު ފުރިފައިނުވުން.
  3. މި މުބާރާތުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2017 މާރިޗް 02 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1438

26   ޖަނަވަރީ  2017

26 ޖަނަވަރީ 2017
ހޯދާ