ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމްގެ ނަން :           

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް

އެމް.އެސް 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ :

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް :

-/2,000 ރުފިޔާ

މަޤާމް އޮތް އޮފީސް / އިދާރާ:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

އިކޮނޮމިކް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ

ބޭނުންވާ ޢަދަދު :

01 ( އެކެއް )

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ލޭންޑު ސަރވޭ ކުރުމާއި ބިމާބެހޭ ޕްލޭން އެކުލަވާލައި ބިންބިމާ ބެހޭ އެންމެހައި ކަންތައްތައް ކުރުން
  2. އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުމާއި މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި ، ކަނޑުގެ އުޅަނދުގެ ސީވާރދިނަސްހެއްދުމާއިގުޅޭ ކަންތައްތައް ބެލެހެއްޓުން
  3. މިސްކިތްތަކާއި، ރައްޔިތުންގެ ޢިމާރާތްތައް ބެލެހެއްޓުން
  4. ރައްޔިތުންގެ ބައިވެރިވުމާއި އެކު ރަށުގެ ތަރައްޤީގެޕްލޭން އެކުލަވާލުމުގައި ކައުންސިލްގެލަފައާއިއެކު ކުރަންޖެހޭ މަސައްކަތްތައްކުރުން
  5. ރަށުގެ ތަރައްޤީއާއި ބެހޭ މަސްރޫޢުތައް ކަނޑައެޅުމާއި،  މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  6. ޢަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  7. ރަށު ތަރައްޤީގެ ޕްލޭންގެ މައްޗަށް ބަލައިގެން ތައްޔާރު ކުރަންޖެހޭ މަސައްކަތު ތާވަލް ތައްޔާރުކޮށް ޕްލޭންގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނީޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  8. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާ ތަފާސް ހިސާބު އެއްކޮށް، ތަފާސްހިސާބާއިބެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާ، ކައުންސިލް އިދާރާގެ ތަފާސް ހިސާބު ބެލެހެއްޓުން
  9. ކުނިނައްތާލުމުގެ ކަންތައްތައްބެލެހެއްޓުމާއި ގުޅޭކަންކަން ބެލެހެއްޓުން
  10. ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދޭޚިދުމަތް ތަކުގެ ތެރެއިން ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން
  11. އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާއިގުޅޭ ޤަވާޢިދު ހެދުމާއި އެޤަވާޢިދުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރުން
  12. ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ފީ ކަނޑައެޅުމާއި ބެހޭ ކަންތައް ބެލެހެއްޓުން
  13. ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފަޔާ މަޝްވަރާދިނުން.
  14. ރަށުގެ ތިމާވެއްޓާ ބެހޭ ކަންތައްތައް ބެލެހެއްޓުން
  15. ރަށުގެ ވިހާ މަރުވާއާއި މީހުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ކަންތައް ބެލެހެއްޓުން.

16. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރި ވުމާއި ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތު:

 

1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/އާކިޓެކްޗަރގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/އާކިޓެކްޗަރގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ

3. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/އާކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން/އާކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެޤާބިލް ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް

ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނޭ ތަނަކާއި ، ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ. އެހެންކަމުން  އެތާރީޚަށް އިންޓަވިއު އަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެ ތިއްބެވުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

2017 ފެބުރުވަރީ 05 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމާއި، އެއާގުޅޭ ލިއުންތަކާއެކު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރަ އާއި ޢިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. ( އެޕްލިކޭޝަން ފޯމް މިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv އިން  ޑައުންލޯޑު ކުރެވޭނެއެވެ )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު    ދޭ މަރުކަޒުތަކުން ހިންގާ  ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއި އެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ) (ށ) ރާއްޖެގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4 . ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5 . މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6 . ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

7 . ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން  ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު: 6740013 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ674059 އެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ.

 

ނޯޓު:   ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

24 ޖަނަވަރީ 2017
ހޯދާ