މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލް އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ  (IUL)230-AHI/230/2017/02( 12 ޖަނަވަރީ 2017 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކުގެތެރެއިން، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށައަޅާފައިވަނީ އެންމެ ދެފަރާތުންކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ފުރުޞަތު ހުޅުވާލައިފީމެވެ.

 

                     ވީމާ، މިއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2017 ވާ ބުދަަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު  ސާފުކުރެއްވުމަށްފަހު 08 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބުހުށަހެޅުން އޮންނާނީ މި އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިކުރާ ތަނަކުންނަމަ އެމީހަކީ އެކުންފުނިން ނުވަތަ އެވިޔަފާރިކުރާ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. ކުންފުނިން ނުވަތަ ވިޔަފާރިކުރާތަންތަނުގެ ވެރިފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވެރިފަރާތްކަން ކަށަވަރުކޮށްދޭ ލިޔުންވެސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ފޯން ފެކްސް އަދި އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

                އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެކަމަށާއި، އަދި މަޢުލޫމާތު ސާފުކުރަންވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        27 ރަބީއުލްއާޚިރާ  1438

                        25 ޖަނަވަރީ     2017

25 ޖަނަވަރީ 2017
ހޯދާ