ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
އައުޓްސޯސްކޮށް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މަސައްކަތް

ބޮޑުފޮޅުދޫ މަދަރުސާ، ދިވެހިރާއްޖެ

ނަންބަރު GS149/2017/01:


އައުޓްސޯސްކޮށް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ:

         

         މިމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ ކަންތައް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00ށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 7 ފެބުރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00ގައި ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ، ޕްރޮޕޯސަލް ހުށައަޅާފަރާތްތަކުގެ ޙާޒިރުގައި 7 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00ގައެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6660841 ފޯނަށް ގުޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވ

         މިއިޢުލާން ނިކުތުމާއި އެކު ސެކިއުރިޓީ އައުޓްސޯސް ކުރުމަށް އެދި ކުރިން ކުރެވިފައިވާ  Gs149/2016/26 ނަމްބަރ އިޢުލާން އަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށްފީމެވެ.

ޝުކުރިއްޔާ!

 27 ރަބީޢުލްއާޚިރު 1438     

                               25 ޖަނަވަރީ 2017

25 ޖަނަވަރީ 2017
ހޯދާ