|
1. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލާ ގެންނަންޖެހޭ ބަދަލުތައް ގެނައުން.
2. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން.
3. ކިޔަވައިދޭ މާއްދާތަކާއި ގުޅޭ އިދާރީ މަސައްކަތްކުރުން އަދި ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައްކުރުން.
4. މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން.
5. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން.
6. ކިޔަވައި ދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީ އާއި ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވެ ޔުނިވަރސިޓީ ޕްރޮމޯޓް ކުރުން.
7. ތަނާގުޅޭ ރިސާރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް އަމަލީ ގޮތުންކުރުން.
8. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިރުކުރުމަށް މަސައްކަތްކުރުން.
9. އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
10. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން.
11. ފެކަލްޓީގެ ކަންތައްތައް ރަގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަ ގޮތުންވެސް މަސައްކަތްކުރުން.
12. މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައްކުރުން.
|