| 
 މަގާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2            ރޭންކް: GS3 
 | 
| 
 މުސާރަ 
 | 
 މަހަކު -/4465 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1500 ރުފިޔާ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 ސެކްޝަން 
 | 
 އެގްޒެކްޓިވް ބިއުރޯ 
 | 
| 
 މަޤާމުގެ ޝަރުޠު 
 | 
 ތަޢުލީމީ ފެންވަރު:  
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން 
  
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީގެ އެގްޒެކްޓިވް ބިއުރޯއަށް ހުށަހަޅާ ސިޓީތަކަށް އެޖެންސީ އިސްވެރިންގެ އިރުޝާދުގެ ދަށުން ޖަވާބުދީ އަދި އެކަން އެފަރާތްތަކަށް އެންގުން.
 
- ބޭސްފަރުވާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހަމަޖެހޭ ފަރާތްތަކަށް އާސަންދަ ކުންފުނި މެދުވެރިކޮށް އެހީ ހަމަޖައްސާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އާސަންދަ އަށް ފޮނުވުން އަދި ފައިސާ ހަމަޖެހޭ ފަރާތްތަކަށް އެޖެންސީގެ ބަޖެޓަށް މަޢުލޫމާތު ފޮނުވައި އެކަން ހަމަޖެހޭނެ އިންތިޒާމް ހަމަޖެއްސުން.
 
- އެގްޒެކްޓިވް ބިއުރޯގެ ފަރާތުން އާސަންދަ ކުންފުނި މެދުވެރިކޮށް ބޭސްފަރުވާގެ އެހީގެ ހަމަޖައްސައިދޭ ފަރާތްތަކުގެ ބިލް ލިބުމުން އެކުންފުންޏަށް ފައިސާ ހަމަޖައްސައި ދިނުމަށް ބަޖެޓަށް ފޮނުވުން.
 
- ބޭސްފަރުވާގެ ކަންތައްތަކުގައި އެޖެންސީގެ ސީ.އީ.އޯ އާއި ބައްދަލުކުރުމަށް އެދޭ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމާއި އަދި އެފަރާތްތަކަށް ސީ.އީ.އޯ އާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.  
 
- އެޖެންސީގެ ޖެނެރަލް އެންޓްރީއަށް ލިބޭލިޔެކިޔުންތައް އެޖެންސީގެ އިސްވެރިންގެ އިރުޝާދުގެ ދަށުން އެސައިންކުރެވުމުން ސެކްޝަންތަކަށް ޙަވާލުކުރުން. މިގޮތުން މިއެޖެންސީގެ އެނެކްސް ހިނގާ އިމާރާތް ކަމަށްވާ މ. މޫކައި އަށް ފޮނުވަންޖެހޭ ލިޔުންތައް ހަމަޖެހިފައިވާ އުޞޫލުން ފޮނުވުން.
 
  | 
| 
 އުޖޫރައާއި އިނާޔަތްތައް 
 | 
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
 
- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50/- ރުފިޔާ
 
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތައް އިނގޭނެގޮތަށް ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގާދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
 
  
 | 
| 
 ސުންގަޑި 
 | 
- 6 ފެބުރުވަރީ 2017  ހޯމަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.
 
 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 
 | 
- އިންޓަރވިއު ކުރުން  2017 ވަނައަހަރުގެ  ފެބުރުވަރީ  ނުވަތަ މާރޗް މަހުގެ ތެރޭގައި  ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.
 
 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރުމަޢުލޫމާތު 
 | 
 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއެޖެންސީގެ ނަންބަރު  1402 އާއި ގުޅުއްވުން އެދެމެވެ. 
 |