ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިޔުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ ގަތުމަށް

އިޢުލާން

 

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހިޔުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް ހޯދުމަށް ކުރި އިޢުލާން (IUL)239-AHRI/239/2017/5  ) ގައިވާ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މިސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 ޖަނަވަރީ 2017 ވާ  ބްރާސްފަތި ދުވަހު 10:00 އަށް

30 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެން ތިރީގައި އެވާ ނަމްބަރު އަށް ގުޅުއްވައި ނަން ނޯޓްކުރައްވައިގެންވެސް މަޢުލޫމާތު ސާފުކުރެއްވެވިދާނެ ވާހަކަވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ : 7909242 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

               26 ރަބީޢުލްއާޚިރު 1438 ހ

               24  ޖަނަވަރީ  2017 މ 

24 ޖަނަވަރީ 2017
ހޯދާ