ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ޖަހަފައިވާ ހޮޅިބުރިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2017 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު އެކިއެކި ގޯޅިތަކާއި މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް 2017 ވަނަ އަހަރު ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު (IUL)253/253/2017/1 އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރީމެވެ.

މި ރަށު އެކިއެކި ގޯޅިތަކާއި މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް 2017 ވަނަ އަހަރު ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، މި އިދާރާއިން ތަކެތިދީގެން އެ މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2017 ފެބުރުވަރީ 5 ވާ އާދީއްތަދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ފެބުރުވަރީ 6 ވާ ހޯމަދުވަހުގެ 10:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 ރަބީޢުލްއާޚިރު 1438

24  ޖަނަވަރީ   2017

24 ޖަނަވަރީ 2017
ހޯދާ