ދިވެހިރާއްޖެ
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް
މާލެ، ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)461-AS/1/2017/1)
ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމަށް
ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓްއަށް ޑޭޓާ އެނަލިސިސްއެއް 2015 އަދި 2016ވަނަ އަހަރު ހެދުމަށްފަހު ތައްޔާރުކޮށްފައިވާ 02ރިޕޯޓު ޕްރިންޓު ކޮށްދެއްވާނޭ ފަރާތެއް ބޭނުންވެއެވެ.
ވީމަ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން: 01 ފެބުރުއަރީ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް
- މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ/ފަޅުމަތީމަގު/ މާލެ)ގެ މީޓިންގ ރޫމަށް.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިޔަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށެހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 05 ފެބުރުވަރީ 2017ވާ އާދިއްތަ ދުވަހުގެ 11:00 އަށް
- މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ފެބުރުވަރީ 2017ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (އެދުރުހިޔާ އިމާރާތުގެ 9 ވަނަ ފަންގިފިލާ/ފަޅުމަތީމަގު/ މާލެ)ގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޑިރެކްޓަރ ޖެނެރަލް
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް،
އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު، މާލެ.
އިތުރު މައުލޫމާތު:
- އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ނަންބަރު 3341140 އާއި ގުޅުއްވުން އެދެމެވެ.
24 ޖެނުއަރީ 2017