ދިވެހިރާއްޖެ
ނަންބަރު: (IUL)32-A/1/2017/4
އިޢުލާން
ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޕްރިންޓްކުރަން ބޭނުންވެއްޖެ
ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ފޮތެއްގެ ގޮތުގައި ޗާޕުކުރުމަށްޓަކައި ލޭއައުޓް ހަދައިދިނުމާއި އެ ލޭއައުޓްއާ އެއްގޮތަށް 300 ފޮތް ޕްރިންޓް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 26 ވަނަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 30 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
26 ރަބީޢުލްއާޚިރާ 1438
24 ޖަނަވަރީ 2017