ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ސެންޓަރ ފޮރ ފައުންޑޭޝަން ސްޓާޑީޒް
ދިވެހިރާއްޖެ
MNU-CA/CFS/2017/7
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
މި ސެންޓަރުން ހިންގާ ފައުންޑޭޝަން ކޯސްތަކަށް، އިންގްލިޝް ލެންގުއޭޖް، މެތެމެޓިކްސް، ދިވެހި ބަސް، ޖެނެރަލް ސައިންސް، މެރިން ސައިންސް، ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ބިޒްނަސް ސްޓަޑީޒް، އެކައުންޓިން، އިކޮނޮމިކްސް، ކޮމްޕިޔުޓިންގ، އާރޓް އެންޑް ޑިޒައިން، މި މާއްދާތަކާއި އަދި މި މާއްދާތަކާ ގުޅޭ ބައިތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު: މާއްދާއަކަށް 2
ޝަރުޠު: ކިޔަވާ ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
އުޖޫރަ: - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ
މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 26 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ސެންޓރަށް ނުވަތަ މި ސެންޓަރުގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ލިބޭ އިތުރު ފުރުޞަތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުގެ ސިޓީއާއި ތަކެތި 31 ޖުލައި 2017 ގެ ނިޔަލަށް ބަލައިގަންނާނެއެވެ.
ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
1. ޕާޓްޓައިމް ލެކްޗަރަރ ކަމަށް އެދި ހުށަހަޅާ ސިޓީ
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345141 ނުވަތަ 3345142 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ސެންޓަރުގެ ފަރާތުން އެދޭ އެދުމެކެވެ.
26 ރަބީޢުލްއާޚިރު 1438
24 ޖަނަވަރީ 2017
