ދިވެހިރާއްޖެ
G
ކ.އަތޮޅު މަދަރުސާ ކ.ކާށިދޫދިވެހިރާއްޖެ
|
||||
GS36/2017/01: ނަންބަރ |
ތާރީޚް:23 ޖެނުއަރީ 2017 |
|||
ވަޒީފާގެ ފުރުޞަތު |
||||
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަސައްކަތް ހަމަޖެހިފައިވާ ތަން: ކ.އަތޮޅު މަދަރުސާ ބޭނުންވާ ޢަދަދު: 1 (އެކެއް) މުސާރަ: -/4465 ރުފިޔާ ސަރވިސް އެލަވަންސް: -/1500 ރުފިޔާ ރަށް: ކ.ކާށިދޫ ކްލަސިފިކޭޝަން އަދި ރޭންކް: އޮފިސަރ ގްރޭޑް 1 / ޖީ.އެސް. 3 ފެންވަރު ނުވަތަ ޝަރުތު :
(ގުޅުންހުރި ދާއިރާތައް: އެކައުންޓިންގ، ފައިނޭންސް، ބިޒިނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ) ނުވަތަ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް. އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު - ބިލްތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުން. - ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން. - ޕޭމަންޓް ވައުޗަރތައް އެންޓަރ ކުރުން. - އަހަރީ ހިސާބް ތައްޔާރުކުރުން - ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓު ރިޕޯޓު ހެދުން. - ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓު ފައިލްތައް ބެލެހެއްޓުން.
ސުންގަނޑި: ޝަރުތު ހަމަވާ ފަރާތްތަކުން 2017 ފެބުރުއަރީ 01 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތިމަދަރުސާގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ތަކެތި : 1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިންޓަރވިއު އަދި އިމްތިޙާން ކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު: - މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ 2017 ފެބުރުއަރީ 05 ވަނަދުވަހާއި 10 ވަނަ ދުވަހާއި ދެމެދު ގެތާރީހެއްގައި ކ.އަތޮޅު މަދަރުސާގައެވެ. -އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ.އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
ނޯޓް: - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތުސާފުކުރުމަށް 6640036 ނަމްބަރ ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުންއެދެމެވެ.
|