ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 އިޢުލާން

 

ވަޒީފާގެ ފުރުޞަތު

         މި އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަގާމު ތަކަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން،

1 ފެބުރުވަރީ 2017 ވާ ބުދަަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން

ރޭންކް

އެމް.އެސް 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

 -/7,035 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް

މުސާރައިގެ %35

އިތުރުގަޑި

 ސިވިލް ސާރވިސް ގަވައިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު

  1. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ކުރާ ހުރިހާ މަސައްކަތްތަކުގެ އެސް.އޯ.ޕީތައް ތައްޔާރު ކުރުމާއެކުއެސް.އޯ.ޕީއާ އެއްގޮތަށް އެންމެހާ މަސައްކަތްތައް ކުރުން އަދި މިޕްރޮސީޖަރއާ އެއްގޮތަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.
  2. އިދާރީ އެންމެހާ މަސައްކަތް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ވެބްސައިޓުން www.csc.gov.mv ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު:

  1. އޮތޯރިޓީގެ އެހެން ޑިޕާރޓްމަންޓްތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުން.
  2. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ކުރާ ހުރިހާ މަސައްކަތްތަކުގެ އެސް.އޯ.ޕީ ތައްޔާރުކޮށް މިޕްރޮސީޖަރއާ އެއްގޮތަށް ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުން.
  3. އޮތޯރިޓީގެ ބަޖެޓާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

  1. މަގާމާއި ގުޅޭ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.
  3. ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

އިންޓަރވިއު:

މި މަގާމުތަކަށް އިންޓަވިއު ކުރުން އޮންނާނީ 10 ދުވަހުގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައެވެ. އިންޓަރވިއުއަށް ހޮވޭފަރާތްތަކަށް އިންޓަރވިއު އޮންނާނެ ދުވަހާއި ގަޑި މިއޮތޯރިޓީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3306197 ނުވަތަ 3306171 ނުވަތަ 3306176 މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

           

 

26 ރަބީޢުލްއާޚިރު 1438

 23 ޖަނަވަރީ 2017

 

_____________________________________________________________________________

ހަވީރީހިނގުން، މާލެ، ދިވެހިރާއްޖެ. ޓެލެފޯން: 3306101،3306176، ފެކްސް: 3306196 އީމެއިލް: [email protected]

Haveeree Hingun, Male’, Maldives, Phone:3306101,3306176, Fax:3306196, E-mail:[email protected]

23 ޖަނަވަރީ 2017
ހޯދާ