ކޮޅުމަޑުލު މަޑިފުށީ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމަކާއި 3 ފާޚާނާ އިމާރާތްކުރާނެ ފަރާތެއް ހޯދަން

އިޢުލާން 

 

ކުލާސްރޫމަކާއި 3 ފާޚާނާ އިމާރާތް ކުރުމާއި ގުޅޭ:

 

                      މިސުކޫލުން ކުލާސްރޫމަކާއި 3 ފާޚާނާ އިމާރާތްކުރުމަށް ކުރި އިޢުލާން (ނަންބަރ: GS-180/2016/162) ބާތިލްކޮށް އަލުން މިމަސައްކަތަށް އިޢުލާންކުރަމެވެ.

                      މި ސުކޫލުންދޭ މަޢުލޫމާތާއި އެއްގޮތައް މި ސުކޫލްގައި ކުލާސްރޫމަކާއި 3 ފާޚާނާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

30 ޖެނުއަރީ 2017 ހޯމަ ދުވަހުގެ 13:30 ގައި.

5 ފެބްރުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގައި

         

                   މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރި ތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 ޖަނަވަރީ 2017
ހޯދާ