ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                         ނަަންބަރ: (IUL)386/386/2017/2

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5610.00 ރ.

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރ.

އޮފީސް:

ތ. ގުރައިދޫ ކައުންސިލްގެ އިދާރާ

ރޭންކް:

އެމް އެސް 1

ވަޒީފާއަދާކުރަންޖެހޭ ތަން:

ތ. ގުރައިދޫ ކައުންސިލްގެ އިދާރާ

   

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ 1

   
           

 

މަޤާމުގެ ޝަރުތު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މަޤާމް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މަޤާމް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއެއްގައި 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް

1     ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަން މަރާމާތުކޮށް ބެލެހެއްޓުން.

2     ކޮންޓްރެކްޓް މަސައްކަތް ޙަވާލުކުރުމާ ބެހޭ ލިޔުންތަކާއި ފޮތް ޤަވާޢިދުން ބެލެހެއްޓުން.

3     ރައްޔިތުންގެ ތަންތަނުގެ ފޮތްތައްބަލައި އެތަންތަނުގެ ފައިސާގެ މުޢާމަލާތް ކުރަމުން ގެންދަނީ ޤަވާޢިދާ އެއްގޮތަށްތޯ

ބަލައި ޗެކްކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންތައް ރަގަޅު ކުރުމަށް އެމަސައްކަތް ކުރާފަރާތްތަކަށް އެންގުން.

4     ކައުންސިލްގެ ފަރާތުން ރަށުގައި ހިންގާ ޕޮރޮޖެކްޓްތައް ހިންގުމާއި އެކަމުގެ މަޢުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކަށްދިނުން.

5     ހަރުމުދަލުގެ ސްޓޮކް ބެލެހެއްޓުން .

6     ނެރު ހޭލި އަދި އޭގެ ބައްތިތައް ސްޕަވައިޒް ކުރުން.

7     އެކިއެކި ފަރާތްތަކަށް ފޮނުވަން ޖެހޭ ފައިސާ ފޮނުވައި ލިޔެ ބެލެހެއްޓުން.

8     ހަލާކުވާ ތަކެތި ޤަވާޢިދުން ނައްތާލުމާއި އެކަމުގެ ލިޔުންތައް ލިޔެ ބެލެހެއްޓުން.

9     ސެކްޝަނުގެ ޔައުމިއްޔާ ނޯޓް ހަދައި އޭ ޝެކްޝަނާ ޙަވާލުކުރުން.

10 ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން،

11 މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައި އޮފީސްމާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރާ   މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން.

 

 

 

 

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީ ގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލެއްގެމަތީން އިތުރު ގަޑީގެ ފައިސާ.
  • ސިވިލްސަރވިސްގެ މުވައްޒަފުންނާ ބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން މުސާރައިގެ ކުރިއެރުން.

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. މަޤާމުގެ ޞަރުތު ހަމަވުމާއެކު ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބެނުންވާ ސިފަތައް.
  4. އިންޓަވިއު ކޮށްގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ޤާބިލް ފަރާތް ކަމުގައިބެލުން.
  5. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަށުންބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ބޭރަށްދެވޭ މީހެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ. )
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ސިވިލް ސަރވިސްއަށް / ސަރުކަރަށް ޚިދުމަތް ކުރުމުގެ އެއްބަސް ވުމެއްއޮތް މުވައްޒަފު މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާ ކުރާ އޮފީހުގެ ލިޔުމެއް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ 3 މަސް ހަމަނުވާ ލިޔުން ( ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވުން. )
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ގޮތަށް ނަގާފައިވާ ކޮޕީ.
  6.  ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ސީވީ )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑީ:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު (ތ. ގުރައިދޫ ކައުންސިލް އިދާރާއިންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުން ތަކާއިއެކު 31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތ. ގުރައިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެން.

އިންޓަވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި މުއްދަތު

  • މިމަގާމަށް އެދޭ ފަރާތްތަކާއި އިންޓަރވިއު ކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ތ. ގުރައިދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.
  • އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.
  • އިންޓަވިއުއަށް ވަޑައިގަންވާއިރު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިއުންތަކެއްގެ އަސްލު ގެންނަންވާނެއެވެ.

           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 6780715 ފޯނާއެވެ. ފެކްސް ނަންބަރަކީ 6780715 އެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.

                                     25 ރަބިޢުލްއާޚިރު 1438 

23 ޖަނަވަރީ 2017
ހޯދާ