ހުރާ ޞިއްޙީ މަރުކަޒު، ކ. ހުރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:

އެސް.އެސް 2

މުސާރަ:

3470.00 (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

1000.00 (އެއްހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭތަން:

ކ.ހުރާ ސިއްޙީ މަރުކަޒު/ ކ.ހުރާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1.   ޞިއްޙީ މަރުކަޒަށް އިމަރޖަންސީގައި ގެންނަންޖެހޭ ބަލިމީހުން ގެނައުމާއި، އެމްބިއުލާންސްގެ ޚިދުމަތް ދޭންޖެހޭފަދަ އެނޫން ބަލިމީހުން ގެނައުމާއި ،ގެންދިއުން.
  2.   އޮފީހުން އަންގާގޮތެއްގެ މަތިން އެމްބިއުލާންސުން ކުރަންޖެހޭ ދަތުރުތައް ކުރުން.
  3.  އެމްބިއުލާންސް ސާފުތާހިރުކޮށް ގެންގުޅުމާއި ،މަރާމާތުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ގެ ކެޓަގަރީގެ ލައިސަންސެއް ހާސިލްކޮށްފައިވުމާއެކު ،ލިޔަންކިޔަން އެނގުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1.  ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3.  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން .

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.    ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( ވަޒީފާއަށް އެދޭ ފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 އިން މެންދުރުފަހު 14.00 އާއި ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.އަދި ސިވިލް ސަރވިސް ކޮމިޝަންގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  2.   ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.  
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ .
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ފެންނަ ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. 6.        ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި ، އަދާކޮށްފައިވާ މަޤާމްތަކާއި އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ،ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަން ޖެހޭ ލިޔުންތައް، 06 ފެބުރުއަރީ 2017 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން ކ.ހުރާ ޞީއްޙީ މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ފޯމާއި ލިޔުންތައް ބަލައިގަނެވޭނީ ރަސްމީ ގަޑީގައެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2017 ފެބްރުއަރީ މަސްތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ ކ.ހުރާ ސިއްޙީ މަރުކަޒުގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 ށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ ، 6640412 އެވެ.

24 ރަބީޢުލް އާޚިރު 1438

22  ޖެނުއަރީ  2017

 

 

 

22 ޖަނަވަރީ 2017
ހޯދާ