ދިވެހިރާއްޖެ
`
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ Maldives Transport Authority
މާލެ، ދިވެހިރާއްޖެ Republic Of Maldives
ނަންބަރު: IUL)202-A/1/2017/09)
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
|
01. މަގާމް |
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-282180 |
|
މަގާމުގެ ކްލެސިފިކޭޝަން |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
އެމް.އެސް 3 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/7,035 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/2,000 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހަދަންޖެހޭ ސޮފްޓުވެއަރތައް ހަދައި އޮތޯރިޓީގައި އެ ސޮފްޓުވެއަރތައް ބޭނުންކުރުން. 2- ކޮމްޕިއުޓަރތައް ވައިރަސްތަކުން ސަލާމަތްކުރުން. 3- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ކޮމްޕިއުޓަރުތަކަށް އެޅުން. 4- މަސައްކަތްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. 5- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންކުރާ ސަރވަރ އާއި ފަޔަރވޯލް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6- އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންކުރާ ނެޓްވާރކް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 7- އޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންކުރާ އެންމެހާ ލިޔެކިޔުންތަކުގެ ސޮފްޓުކޮޕީ ސަލާމަތާއި ރައްކާތެރިކަމާއެކު ފަސޭހައިން ހޯދޭނެ ގޮތަކަށް ބެލެހެއްޓުން. 8- އެކިއެކި ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުން. 9- ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. 10- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ތައް ކުރުން |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 4. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 5. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު. ގުޅުންހުރި އެހެން ދާއިރާކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
|
02. މަގާމް |
ކޮމްޕިއުޓަރ ޕްރޮގްރާމަރ |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-134280 |
|
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
އެމް.އެސް 1 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/5,610 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/2,000 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. އޮފީހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަކުރެވިގެން ތައްޔާރުކުރެވިފައިވާ ސޮފްޓްވެއަރތަކާއި ޑާޓާބޭސް ބޭނުންކުރުމުގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޑާޓާ ކަރެކްޝަން ހެދުމާއި، ސަޕޯޓް ދިނުން އަދި އޮތޯރިޓީގެ ޑާޓާބޭހުގައި ރައްކާކުރެވޭ ޑާޓާތައް ބެކަޕް ކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
2. އޮތޯރިޓީގެ މަސައްކަތްތައް މުޅިރާއްޖެއަށް ލާމަރުކަޒީ ކުރުމުގެގޮތުން އެހެނިހެން އިދާރާތައް ގުޅުވާލުމުގައި އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭ ސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތް ކުރުމާއި، ލާމަރުކަޒީކުރުމުގައި ބޭނުންކުރުމަށް އެކްސެސް ދެވޭ ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތުގެ ތަމްރީނު ދިނުން. 3. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅާ ޑޮކިއުމަންޓްތައް ހަވާލުކޮށްފައިވާ ތާވަލާއި އެއްގޮތަށް ކައުންސިލްތަކުން ހޯއްދެވުމަށްފަހު އެމަޢުލޫމާތު ފަސޭހައިން ފެންނަގޮތަށް ކަނޑައެޅިފައިވާ މުއްދަތަށް އާކައިވްކޮށް ބެލެހެއްޓުން. 4.އޮފީހުގެ މަސައްކަތްތަކަށް ޚާއްސަކުރެވިގެން ބޭނުންކުރާ ސޮފްޓްވެއަރތަކުން ޔޫސަރ ލެވެލްގައި ލިބެން ނުހުންނަ، އެކިއެކި ތަފާސް ހިސާބު (ސްޓެޓިސްޓިކްސް)، ސެކްޝަންތަކުގެ އެދުމުގެ މަތިން ތައްޔާރުކޮށް ސެކްޝަންތަނަށް ފޯރުކޮށްދިނުން. 5.ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ބޭނުންކުރުމަށްޓަކައި މުވައްޒަފުންނަށް އެކައުންޓް ހެދުމާއި ޖެމްސް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމާއި، ޙައްލުނުކުރެވޭފަދަ މައްސަލަތައް ވަގުތުން ކަމާގުޅޭ އޮފީހަށް ރިޕޯޓްކުރުމާއި، ޖެމްސް ބޭނުންކުރުމުގައި އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، އެން.ސީ.އައި.ޓީ އަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން. 6.އޮތޯރިޓީގެ ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރާއި ގުޅުންހުރި ޕްރިންޓަރ، ސްކޭނަރފަދަ ތަކެތި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ރިޕޯޓްކުރުމުން އެމައްސަލަތައް ވަގުތުން ހައްލުކޮށްދިނުން ނުވަތަ ރިޕެއަރކުރަންޖެހޭ ހާލަތްތަކުގައި އެކަން ރިޕެއަރ އެންޑް މެއިންޓެނަންސާއި ހަވާލުވެ ހުންނަ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން. 7.އޮފީހުގެ މަސައްކަތްތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރގައި ހިމަނަންޖެހޭ މައުލޫމާތު ސެކްޝަންތަކުން ހޯދައި، ސޮފްޓްވެއަރ ރިކްއަރމެންޓް ސްޕެސިފިކޭޝަން އާއި އެއްގޮތައް މަސައްކަތްކުރޭތޯ މޮނިޓަރ ކުރުމާއި، ކޮމެންޓްސްތައް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކޮށް، އޮފީހުން ބޭނުންވާ ފެންވަރަށް މަސައްކަތް ކުރޭތޯ މޮނިޓަރ ކުރުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 3. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު. ގުޅުންހުރި އެހެން ދާއިރާކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
|
03. މަގާމް |
ކޮމްޕިއުޓަރ ޓެކްނީޝަން |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-282183 |
|
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
އެމް.އެސް 1 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/5,610 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/2,000 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ހާޑްވެއަރ އެންޑް ނެޓްވަރކިންގ ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އޮތީރިޓީގެ މަސައްކަތްތަކުގައި ބޭނުންކުރާ ސަރވަރތަކާއި، ފަޔަރވޯލްތަކާއި، ކޮމްޕިއުޓަރުތަކާއި، ފޮޓޯކޮޕީ މެޝިންތަކާއި، ޕްރޮޖެކްޓަރތަކާއި، ޕްރިންޓަރތަކާއި ސްކޭނަރ އަދި ކެމެރާ ފަދަ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 2- ކޮމްޕިއުޓަރ ނެޓްވާރކް ހަދައި މަސައްކަތްތަކަށް ފަސޭހަކޮށްދިނުން. 3- އޮތޯރިޓީގެ މަސައްކަތްތަކަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ބޭނުންވާ މެޝިނަރީޒް ދެނެގަނެ އެތަކެތި ހޯދުމަށް މަސައްކަތްކުރުން. 4- ކޮމްޕިއުޓަރތަކަށް ދިމާވާ ހާރޑްވެއަރ މައްސަލަތައް ދެނެގަނެ ޙައްލުކޮށްދިނުން. 5- އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހަދަންޖެހޭ އެޕްލިކޭޝަންތަކާއި ޕްރޮގްރާމްތައް ހެދުމުގައި އެހީތެރިވުން. 6- ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް ބެލެހެއްޓުން. 7- ކޮމްޕިއުޓަރ ސިސްޓަމްތަކާއި ސަރވަރތައް ފަދަ ތަކެތި އިންސްޓޯލްކުރުން. 8- ޓެލެފޯން ސިސްޓަމްތަކާއި، ޕީއޭބީއެކްސް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 9- ފޯނާއި އެކްސްޓެންޝަން ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން. 10- ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
3. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު. ގުޅުންހުރި އެހެން ދާއިރާކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
04. މަގާމް |
އެސިސްޓެންޓް ހިއުމަން ރިސޯސް |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-247109 |
|
މަގާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
ޖީ.އެސް 3 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/4,465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސް ޔުނިޓް / އެޗް.އާރު އެންޑް އެޑްމިނިސްޓްރޭޝަން |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީއާއިބެހޭ ކަންތައްތަކާއި އިތުރުގަޑީގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަސައްކަތުގެ ޕާރފޯމަންސްބަލައި އަޚްލާޤީ ފިޔަވަޅު އެޅުމާއި، ހާޒިރުނުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި މުވައްޒަފުންގެ ވަޒީފާއާއި ޕްރޮމޯޝަނާ ބެހޭ ކަންކަން ބަލަހައްޓައި ސެކްޝަންގެ ހެޑަށް ރިޕޯޓްކުރުމާއި، އޮތޯރިޓީގެ ވަޒީފާއާއިގުޅޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން. 2- ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއި ސިޓީތަކާ ގުޅިގެން ޒިންމާދާރު އިސްވެރިޔާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުން. 3- މުވައްޒަފުންނަށް ވަޒީފާ ދިނުމަށްޓަކައި ޖޮބް ޑިސްކްރިޕްޝަން ތައްޔާރުކުރުމާއި، ޢާއްމުކޮށް ފުރުސަތުހުޅުވުމާއި އެޕްލިކޭޝަން ބަލައިގަތުމާއި، ޝޯޓްލިސްޓް ކުރުމާއި އިންޓަރވިއު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ވަޒީފާއަށް ހޮވުމާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އަލަށް ވަންނަ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި އިންޑަކްޝަން ޕްރޮގްރާމް ހިންގުމާއި ޕްރޮބޭޝަނަލް މުއްދަތުގައި މަސައްކަތްކުރަމުން ގެންދާ ގޮތް މޮނިޓަރކުރުން. 4- މަހުން މަހަށް މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި އެޗް.އާރު އިން ނިންމަޖެހޭ ކަންތައްތައް ނިންމުމާއި، SAP އަށް އެންޓަރކުރަންޖެހޭ މަޢުލޫމާތުތައް އެންޓަރކުރުމާއި، ޗެކް ޑީޓެއިލްސް ހެދުމާއި، މުސާރަ ސްލިޕް ޕްރިންޓްކުރުމާއި، ކޮޝާރަށް އަޕްލޯޑްކުރަންޖެހޭ މަޢުލޫމާތު އަޕްލޯޑްކުރުމާއި، ޕެންޝަން ހިސާބު ނިންމުމަށްފަހު ހަވާލުކުރަންޖެހޭ ލިޔުންތައް ބަޖެޓާއި ހަވާލުކުރުން. 5- މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އޮފީސްހުޅުވާލައްޕާ މުވައްޒަފުންގެ ކާޑްތައް މުއްދަތު ހަމަވުމުގެ ކުރިން ހެއްދުމާއި، އޮފީސްހުޅުވާލައްޕާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓާ މަހުންމަހަށް ތައްޔާރުކުރުމާއި އޮތޯރިޓީގެ ހާޟިރީ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ޔައުމިއްޔާ ކޮމްޕައިލްކުރާ މުވައްޒަފަށް ފޮނުވުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
05. މަގާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-229724 |
|
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|
ރޭންކް |
ޖީ.އެސް 3 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/4,465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1,500 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސް ޔުނިޓް / އެގްޒެކެޓިވް ބިއުރޯ |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ޗެއަރމަން އަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި ޗެއަރމަން ބާއްވަވާ ބައްދަލުވުންތައް ކަނޑައެޅިފައިވާ ވަގުތަށް އިންތިޒާމުކުރުމާއި މީޓިންގ ރޫމްގެ ބުކިންގ އާއި ޝެޑިއުލްތައް 01 ދުވަސް ކުރިން ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ތައްޔާރީތައް މީޓީންގ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނިޓް ކުރިން ކުރުމާއި ބައްދަލުވުމުގެ ޔައުމިއްޔާތައް ލިޔުމަށްފަހު ކަނޑައެޅިފައިވާވަގުތަށް ޔައުމިއްޔާތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށްފަހު ފައިލްކުރުން.
2- އެކިފަރާތްތަކުން ޗެއަރމަންއަށް ފޮނުއްވާ ސިޓީތަކަށް ޗެއަރމަން ދެއްވާ ޖަވާބު އެފަރާތްތަކަށް ފޮނުވުމާ ޗެއަރމަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި އިދާރީ ގޮތުން އޮތޯރިޓީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،ނޯޓް އަދި މެމޯ ފަދަ ތަކެތި ފޮނުވަންޖެހޭ ވަގުތަށް ފޮނުވުން.
3- ޗެއަރމަންއާއި ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނަށް މެޙްމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ މަގުދައްކައި ޚާއްސަ މެހެމާނުންގެ ރިފްރެޝްމަންޓް ތައްޔާރުކުރުން.
4- އެސެޓް ރެޖިސްޓަރ ބެލެހެއްޓުމުގެ މަސައްކަތް ޤަވާއިދާއި އެއްގޮތަށް ކުރުމާއިއެކު، މިހާރު އެކުލަވާލަމުންގެންދާ އެސެޓް ރެޖިސްޓަރގައި އަގުނުލިބިހުރި އެސެޓްތަކަށް އަގުހޯދުމަށްޓަކައި ސެކްޝަންގެ ވެރިންނާއި އަދި ބަޖެޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން.
5- އޮތޯރިޓީގެ އަހަރީ ރިޕޯޓް ނިންމުމަށްޓަކައި ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހު އަހަރީ ރިޕޯޓް ކޮމްޕައިލްކުރުމަށްފަހު ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
06. މަގާމް |
މަސައްކަތު |
|
ބޭނުންވާ އަދަދު |
1 |
|
މަޤާމް ނަމްބަރު |
J-134081 |
|
މަގާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
ރޭންކް |
އެސް.އެސް.1 |
|
މުސާރައާއި އިނާޔަތްތައް |
|
|
މުސާރަ |
-/3,100 ރުފިޔާ |
|
ސަރވިސް އެލަވަންސް |
-/1,000 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެއެވެ. |
|
އިތުރު ގަޑި: |
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
|
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސް ޔުނިޓް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އޮފީސްތެރެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ސުޕަވައިޒު ކުރުމާއި އޮފީހުގެ ކައުންޓަރ، ސައިކޮޓަރި، މީޓިންގް ރޫމް އަދި ފާހާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
2- މިއޮތޯރިޓީގައި ބޭއްވޭ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސައި އަދި ކޮފީ ދުވަހުން ދުވަހަށް ތައްޔާރުކުރުމާއި ބައްދަލުވުންތައް ނިމުމުން ވަގުތުން ކޮންފަރެންސް ރީތި ކުރުން.
3- އޮފީހުން ބޭނުންވާ ކަންކަމުގައި ބޭންކް، އެމް.އެމް.އޭ، ޑިޕާރޓްމަންޓް އޮފް އިންލެންޑް ރެވެނިއު އަށް ކަނޑައެޅިފައިވާ ވަގުތަށް ދިއުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް ފިހާރަތަކަށް ދިއުމާއި، އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީ، ނޯޓް، ރިޕޯޓް ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރަންޖެހޭ ގަޑިއަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
4- އޮފީހުގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ނުވަތަ އެއް ޑިޕާޓްމަންޓުން އަނެއްޑިޕާޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އޮފީސްތެރެއިން ނިންމަޖެހޭ މުހިންމު ކަންތައްތަކުގައި ޝާމިލްވެ ފައިލްތައް ފަދަ ތަކެތި ކަނޑައެޅިފައިވާ ވަގުތަށް ބަދަލުކުރުން.
5- އޮފީސް ފޮޅާ ސާފުކުރާ ފަރާތުން އެކަން ކުރަމުންދާއިރު ސްޕަވައިޒްކޮށް އޮފީހުގެ މުހިންމު ސަރަޙައްދުތައް (ކައުންޓަރުތައް، ލައިސަންސް ޕްރިންޓިންގ އޭރިއާ، ޗެއަރމަން އާއި ވެރިންގެ ކޮޓަރި) ސާފުކުރުމަށް ވަންނައިރު އެތަނުގައި ހުރުމާއި އަދި ފޮޅާ ސާފުކުރާއިރު އޮތޯރިޓީގެ ތަންތަން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސާފުކުރެވިފައި ވޭތޯ ބެލުން. |
|
މަޤާމުގެ ޝަރުތުތައް |
|
|
އަސާސީ ޝަރުތު |
1- ލިޔަން ކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. -ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
|
|
އިންޓަރވިއު ކުރުން: |
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސް ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
|
އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 02 ފެބުރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
24 ރަބީޢުލްއާޚިރު 1438
22 ޖަނަވަރީ 2017
