ދިވެހިރާއްޖެ
ބަނދަރު ރުއްގަނޑު ކުއްޔަށް ދޫކުރުން
މި ރަށުގެ ބަނދަރު ރުއްގަނޑު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ ބަނދަރު ރުއްގަނޑު ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް 02 ( ދޭއް ) އަހަރުގެ މުއްދަތަށް އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ބަނދަރު ރުއްގަނޑު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ. ރުއްގަނޑު ކުއްޔަށް ދޫކުރުމާއިބެހޭ ގޮތުން މަޢްލޫމާތު ދިނުން އޮންނާނީ 26 ޖެނުއަރީ 2017 ވަނަ ދުވަހުގެ 10:30 ގައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 30 ޖެނުއަރީ 2017 ވަނަ ދުވަހުގެ 10:00 ގައެވެ.
ބަނދަރު ރުއްގަނޑުގެ ރުއްތައް ހުންނާނީ އަންނަނިވި ތަންތަނުގައި ނޫ ކުލައިން "D" އަކުރު ޖަހާފައެވެ.
- ޖުމުލަ ޢަދަދު: 14 ރުއް ( ފޯދުނު )
- ބަނދަރުގެ އެއްގަމު ފަރާތުގައާއި ހުޅަނގުކޮޅުގައި: 11 ރުއް.
- ބަނދަރުގެ ހުޅަނގުކޮޅުގައި އަލަން ފޯދިފައިހުރި 02 ރުއް.
- ޤަބުރުސްތާނުގެ ދެކުނު އިރުކަންމަތީގައި ހުރި 01 ރުއް.
މި ބީލަމުގެ މަޢްލޫމާތު ސާފުކުރުމަށް އަދި ބީލަން ހުށަހެޅުއްވުމަށް އަންނަ އަމިއްލަ ފަރުދުންގެ އައިޑީ ކާޑު އަދި ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. ވިޔަފާރިއަކުން މަޢްލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް ފުނުވާ ފަރާތެއްގެ އައިޑީކާޑުގެ އަސްލު އަދި އެ ކުންފުނި ތަމްސީލު ކުރުމަށް އެހެން ފަރާތަކުން ހާޒިރުވާނަމަ އެކަން އިނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަމުގެ މަޢްލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެއެވެ.
24 ރަބީއުލްއާޚިރާ 1438
22 ޖެނުއަރީ 2017