ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

 

        ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 03  މުޙައްރަމް 1439 (23 ސެޕްޓެމްބަރ 2017) ވަނަ ދުވަހު މާލޭގައެވެ.      

  1. 1.      މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

       

  މި މުބާރާތް ހުޅުވާލައިފާ ވަނީ އަތޮޅު ކައުންސިލްތަކަށާއި  ، ސިޓީ ކައުންސިލްތަކަށާއި، އެ ކުންފުންޏެއްގެ ނުވަތަ  އެ ޖަމްޢިއްޔާއެއްގެ މަޤްޞަދުތަކުގެ ތެރޭގައި އިސްލާމުދީނަށް ޚިދްމަތް ކުރުން ހިމެނޭ ކުންފުނި ތަކަށާއި ޖަމްޢިއްޔާތަކަށެވެ.

 

  1. 1.      މުބާރާތުގެ ގޮފިތައް :

 

  1. 1.      ފޮތުން ކިޔެވުމުގެ ގޮފި
  2. 2.      ހިތުން ކިޔެވުމުގެ ގޮފި
  3. 2.      މުބާރާތުގެ ބައިތައް

    މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި  ހިތުން ކިޔެވުމުގެ ބަޔެވެ.މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ

 

ފޮތުން ކިޔެވުން

ހިތުން ކިޔެވުން

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

 

  1. 3.      މުބާރާތުގައި ބައިވެރިވުން

 

-           މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށާއި މަތީގައި ބުނެވުނު ފަދަ ކުންފުނިތަކާއި ޖަމްޢިއްޔާތައް ތަމްސީލު ކުރުމަށް އެ ފަރާތްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

-           މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމް ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި  މަރުކަޒަށް ހުށައަޅައި މަރުކަޒުން އެކަން ޤަބޫލު ކުރިކަން އެންގުމުންނެވެ.

-           މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 2017 މެއި 31 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

-          15 އޭޕްރިލް 2017 ވަނަ ދުވަހުން ފެށިގެން މި ފޯމް މަރްކަޒުން ލިބެން ހުންނާނެއެވެ.

 

  1. 4.      މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު :

 

-           މި މުބާރާތުގެ ދެ ބައިގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ އަންހެން  ކެންޑިޑޭޓަކާއި ފިރިހެން  ކެންޑިޑޭޓެކެވެ.

-          ކޮންމެ ކެންޑިޑޭޓަކަށް  ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ބައިގެ ތިން ގޮފީގެ ތެރެއިން  ކޮންމެވެސް  އެއް ގޮތްޕެއްގައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް  މުބާރާތުގެ  ދެ ބައިގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

ނޯޓް: މި ޢަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

 

  1. 5.      މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

 

ދިވެހި ރައްޔިތެއްކަމުގައިވުން.

 

ވީމާ މި މުބާރާތުގައި ބައިވެރިވެ ވަޑައިގަތުމުގެ ދަޢުވަތު އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި މަތީގައި ބުނެވުނު ކުންފުނި ތަކަށާއި ޖަމްޢިއްޔާތަކަށް އަރުވަމެވެ.  

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

                          17 ރަބީޢުލްއާޚިރާ 1438

    15   ޖަނަވަރީ  2017 

________________________________________________________________

ނޯޓް: މިއިޢުލާން ގެޒެޓްގައި ޝާއިއުކޮށް ދެއްވުން އެދެމެވެ.    

16 ޖަނަވަރީ 2017
ހޯދާ