ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރ GS-82/2016/32 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރީމެވެ.
މިސްކޫލްގެ ސެކިއުރިޓީ 2017 ވަނަ އަހަރު ބަލަހައްޓައިދެނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން 31 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ނުދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ، ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
ނޯޓް: މިމސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.
22 ޖަނަވަރީ 2017