ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC/1/2017/4)
އިޢުލާން
މި ކޯޕަރޭޝަންގެ ޕްރޮމޯޝަނަލް މެޓީރިއަލްސް އަދި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް މާލެއިން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ ޕްރޮމޯޝަނަލް މެޓީރިއަލްސް އަދި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް މާލެއިން ގުދަނެއް، 2017 މެއި 25 ވަނަ ދުވަހުން ފެށިގެން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)MMPRC/1/2017/2) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށްވުރެ މަދު ބޭފުޅުން ވަޑައިގަތުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކޯޕަރޭޝަނަށް 2017 މެއި 25 ވަނަ ދުވަހުން ފެށިގެން، މާލެއިން ގުދަނެއް ކުއްޔަށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖަނަވަރީ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 31ވާ އަންގާރަ ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
21 ރަބީޢުލްއާޚިރު 1438
19 ޖަނަވަރީ 2017