ދިވެހިރާއްޖެ
މާލެ ސިޓީގައި ނިޔާވާމީހުން ވަޅުލުމާއި ، ޖަނަޒާގެ ހުރިހާކަމެއް 01 ފެބްރުއަރީ 2017 އިން ފެށިގެން ކުރަމުން ގެންދާނީ ހުޅުމާލޭ ސަހަރާގައެވެ.
ވީމާ، ހުޅުމާލޭ ސަހަރާއިން ޖާގަ ހަމަޖައްސައިދިނުމުން މައްޔިތާގެ ޖަނާޒާއަށް ބޭނުންވާ ކަފުނާއި ، ކަފައާއި ، ސަންދޯއް ފަދަ ތަކެތި މައްޔިތާގެ އާއިލާއަށް ( ހިލޭ ނުވަތަ ހަމައެކަނި މެޓީރިއަލްގެ އަގު ނަގައިގެން ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރާފަރާތަށް މި މިނިސްޓްރީން އެއްވެސް އަގެއް ނުދޭނެއެވެ.
ވީމާ ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2017 ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2017 ޖެނުއަރީ 25 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020200 ފޯނަށެވެ.
21 ރަބީއުލް އާހިރު 1438
19 ޖެނުއަރީ 2017