އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ
|
މަޤާމް:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
GS 3
|
މަޤާމުގެ ރޭންކް:
|
މަހަކު -/4465 ރުފިޔާ
|
މުސާރަ:
|
- ސަރވިސް އެލަވަންސް: -/1500ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35
- މި މަޤާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އެހެނިހެން ޢިނާޔަތްތައް:
|
1 (އެކެއް)
|
ބޭނުންވާ އަދަދު:
|
ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަލިސިސް
|
ބޭނުންވާ ސެކްޝަން:
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:
|
1. ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
1. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕްރޫވަލް އަށް ހުށަހަޅާ ސަރވޭ ތަކުގެ ސުވާލުކަރުދާސްތަކާއި ލިއުންތައް ދިރާސާކޮށް ސަރވޭ އަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. 2. މިމިނިސްޓްރީގެ ފަރާތުން ރާވާހިންގާ ސޯޝިއޯ އިކޮނޮމިކް ސަރވޭތަކަށް ސާމްޕަލް ނަގައިދިނުމަށް އެހީތެރިވުން. 3. ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްޓެޓިސްޓިކްސް ޑިވިޜަނުން ހިންގުމަށްކަނޑައެޅޭ ކޯސްތަކާއި ޓްރެއިނިންގ ޕްރޮގްރާމް ތަކުގައި ސަރވޭ އާއި ސާމްޕްލިންގ މޮޑިއުލްސްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމުގައި އެހީތެރިވުން. 4. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ޓެބިއުލޭޝަން ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން. 5. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މައުލޫމާތު އެއްްެކުރުމުގައި (ޑޭޓާ ކަލެއްކްޝަންގެ) މަސައްކަތްކުރުން.
6. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން 7. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ އެއްކުރެވޭ މަޢުލޫމާތަށް ހޯޑްކުރުން. 8. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ޑޭޓާ އެންޓްރީ ހެދުން. 9. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މަޢުލޫމާތު ފޯމްތަކުގެ ޑޭޓާ އެންޓްރީ ނިމުމުން ޑޭޓާ އެޑިޓިންގ މަސައްކަތްކުރުމުގައި އެހީތެރިވުން. 10. ސަރވޭ ސެކްޝަންގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާގެ ފަހުން މާލޭގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން:
|
- ކޮމްޕިއުޓަރަށް އަހުލުވެރި މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ) - ދިވެހިބަހުން އިނގިރޭސި ބަހުން ލިޔުން އިބާރާތްކުރުމުގެ ފެންވަރު - އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން - މާލޭން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހުން |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ). (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
ޝޯޓްލިސްޓު ކުރުން:
|
2017 ޖަނަވަރީީ 31 ވާ އަންގާރަ ދުވަހުގެ 14:00 އަށް.
|
ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމް ވަގުފު ބިލްޑިންގ ( ސޯޝަލް ސެންޓަރ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި ބިއުރޯއިންނާއި މިބިއުރޯގެ ވެބްސައިޓުން http://statisticsmaldives.gov.mv ލިބެން ހުންނާނެއެވެ. މަޢުލޫމާތު ހޯދުމަށް ގުޅާނީ 3008407 ނަންބަރު ފޯނަށެވެ.
|
އިތުރު މަޢުލޫމާތު:
|
18 ޖަނަވަރީ 2017 |