އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކުރުމާއި ވީޑިއޯ ޕްރޮފައިލް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކުރުމާއި ވީޑިއޯ ޕްރޮފައިލް ހެދުން

"އައްޑޫ ސިޓީ އެވޯޑް 2016" ޙަފްލާ ލައިވްކޮށް ވީޑިއޯ ޕްރޮފައިލް ތިރީގައި ދެންނެވިފައިވާ ތަފްޞީލާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ޙަފްލާ ލައިވްކުރުން

  • ފެބުރުވަރީ 03 ވާ ހުކުރު ދުވަހު ބޭއްވޭ "އައްޑޫ އެވޯޑް 2016" ޙަފްލާ 3 ގަޑިއިރަށް ލައިވްކުރުން (ޖަލްސާ ފެށޭނީ ރޭގަނޑު 09:00ގައި).
  • 2-3 އެންގަލުން ޙަފްލާ ލައިވްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިހުރުން.
  • ޙަފްލާގައި ކައުންސިލް އިދާރާއިން ދައްކަން ބޭނުންވާ ވީޑިއޯ ޕްރޮފައިލް ލައިވް ފީޑުން ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވުން.

 

ވީޑިއޯ ޕްރޮފައިލް ހެދުން

  • ކައުންސިލް އިދާރާއިން މަޢުލޫމާތު ދޭ 10 ފަރާތެއްގެ ވީޑިއޯ ޕްރޮފައިލް ހަދައިދިނުން.
  • ކޮންމެ ވީޑިއޯ ޕްރޮފައިލް 01 މިނިޓް 30 ސިކުންތުގެ ދިގުމިނަށް ތައްޔާރުކޮށްދިނުން.

 

މި މަސައްކަތަށް މަޢުލޫމާތު ދިނުމުގެ ވަކި ސެޝަނެއް ނޯންނާނެއެވ. އެހެންކަމުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަގު ހުށަހަޅަންވާނީ މަތީގައި ދެންނެވިފައިވާ 2 ކަމަށް ވަކިން އަގު އެނގޭނެ ގޮތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަނުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

19 ރަބީޢުލް އާޚިރާ 1438

 

17 ޖަނަވަރީ 2017
ހޯދާ