ދިވެހިރާއްޖެ
މި އެޖެންސީން ދޭ މަޢުލޫމާތާއި އެއްގޮތައް މޭޒުމަތީގައި ބަހައްޓާ ކަލަންޑަރ ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި އެޖެންސީންދީފައިވާ މައުލޫމާތާ އެއްގޮތަށް މޭޒުމަތީގައި ބަހައްޓާ ކަލަންޑަރ ހަދަން ބޭނުންވެގެން އެކަން ކުރާނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު ނަންބަރ: (IUL)199-PYS/199/2016/32 (15/12/2016) ޢިއުލާނާއި ގުޅިގެން އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ފަރާތެއް ލިބިފައިނުވާތީ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި އެޖެންސީގެ 2017 ވަނަ އަހަރުގެ ކަލަންޑަރ ޗާޕުކުރުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި މި އެޖެންސީގެ އެޑްމިނިސްޓްރޭޓިވް އޮފީހަށް (މ. މޫކައިސުއިޓްސް 4 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
| 
 ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
 19 ޖަނަވަރީ 2017  | 
 ބުރާސްފަތި  | 
 09:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 22 ޖަނަވަރީ 2017  | 
 އާދިއްތަ  | 
 10:00  | 
| 
 މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ)  | 
|||
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ)  | 
|||
އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]
