ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމާއި ބެހޭ
ތިރީގައި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތި ނީލަމުން ނެގުމަށް ބޭނުންވާ ފަރާތްތަކުން 2017 ޖަނަވަރީ 25 ވަނަ ދުވަހުގެ 09:00 އަށް މި ކައުންސިލް އިދާރާ އަށް ވަޑައިގެންދެއްވުން އެދެމެވެ.
ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ.
ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
ނީލަމުގައި ބައިވެރިވެވޭނީ 2017 ޖަނަވަރީ 25 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި
ޢަދަދު |
ތަކެތީގެ ނަން |
ނީލަން ނަންބަރު |
ތަފްޞީލް |
3 |
ހިރުނދު ގަހުގެ ލަކުޑިތައް |
01/2017 |
ޕާކު ސަރަހައްދުން ކަނޑާލެވުނު 3 ހިރުނދު ގަހުގެ |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަބީޢުލްއާޚިރު 1438
16 ޖަނަވަރީ 2017